Search lyrics by title

Search lyrics / Artist

A B C D E F G H I J K L M
N O P Q R S T U V W X Y Z

Artists

Lyricist

Album


މިފަދަ ރަޙުމެތް ހިތެއް މަޑުމޮޅި
ކޮބައިތޯއޭ މިދުނިޔޭގާ
އިތުރު ޠޯޙާގެ ރަޙްމާ ހިތްޕުޅާ 
އެއްފަދަ މިޢާލަމުގާ

އެތައް ވޭނެއް ޢަޒާބުތަކެއް
ނުބައިހާ މުޝްރިކުން ދޭއިރު
އަތުން ލޭފޮދު އޮހޮރުވާ
ޒަޚުމުތައް ދީލަތި ދެމުން ދާއިރު
ކުރައްވަވަނީ ދުޢާ ފުޅު އެދި
ވަޑައިގެން ހެޔޮ އެޙާލަތުގާ

ޢިނާދުގެ ތީރުތައް ހަށިކޮޅު
ވަށާލާފާ ވުމާއެކުގާ
ނުބައިބަސްތައް ނަބިއްޔާއަށް
އަޑުން ހަރުކަށި ގޮވާއިރުގާ
ޙިމާޔަތު ލެއްވެވީ ޙިލްމާ
އަބަރުވެރި ކަމުގެ ފަރުދާގާ

އިލާހީ އަޅުގެ ޤައުމަށް ލޮބުވަތާ
ހެޔޮމަގު މި ވިސްނޭންދެން
ހިދާޔަތު ދައްކަވާނދޭ އެއުރެނަށް
ހަމަ ނޭނގެނީއޭ ދެން
ދުޢާފުޅަކީ މިއޭ ލޯބިވެތި
ނަބަވީ އެ ދޫފުޅުގާ


56

Posted by:

Admin