© ދިވެހި ލިރިކްސް
ނާއުންމީދު
-
ނާއުންމީދު ގެ ލަވަތައް
އޯގާވީ ހިތަކުން
އުމަރު ޒާހިރު
ފާތުމަތު ރައޫފް
ކަލާޔަށް މިހިތް ލޯބިވީތީ ދިނީމޭ
ޢަލީ ރަމީޒު
ފާތިމަތު ޒޫނާ
އެންމެ މަގުބޫލު
1
ދޮން ކަނބުލޮ ނިދާލާށޭ
2
އިތުރު ރަސޫލާ
3
ފިލާނެތޯ ލޯތަކުން މިފޫދޭ
4
ނަބީ އަމީނޭ
5
ރޮއްވާފަ ލޯތައް
އެންމެ ފަހުގެ
1
ރީތީގެ ރާނީ އުޖާލާ
2
ކުރަންވީއޭ ދުޢާ
3
އޭނަބިއްޔާއޭ ސޮލާތާ
4
ޤައުމަށްޓަކާ ދީނަށްޓަކާ
5
އުދަރެސް
މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.
މަތިވެރި މާތް މަޤާމަށް
ރާގު: -
ޅެން: ޢަބްދުﷲ ޢަފީފް
އުއްމަތުގެ ދޫތަކުން މާތް
ތަސްބީޙަތައް ގަތާލާ
މަތިވެރިވި މާތް މަޤާމަށް
ލައްވާށި މާތް ރަސޫލާ
އުއްމަތުގެ ދޫތަކުން މާތް
ޢާލަމްތަކަށް ފޮނުއްވެވި
ރަޙުމަތެކެ މާތް ނަބިއްޔާ
ކާފިރުކަމާއި ޝިރުކާ
މޮޑެލެއްވި ބިމުގެ ވެއްޔާ (2)
މައްކާގެ ބިން މިދީނީ
ނޫރުންވުމުން އުޖާލާ
މަތިވެރިވި މާތް މަޤާމަށް
ލައްވާށި މާތް ރަސޫލާ
އުއްމަތުގެ ދޫތަކުން މާތް
ލަޝްކަރު ބިޔަވެ ޢިރާޤާ
ޝާމާއި ޔަމަނު މިސްރާ
ނަސްރުން ފަތަޙަވެފާވިޔެ
ތާޖާއި ތަޙުތު ކިސްރާ (2)
މިސްކިތްތަކުން ގޮވޭ އަޑު
ފަސްވަގުތުދެޔެ ގޮވާލާ
މަތިވެރިވި މާތް މަޤާމަށް
ލައްވާށި މާތް ރަސޫލާ