އެދޭ މޫނަކީހޭ މަގޭ ހިތުގެ ރާނީ
ބަލާލެވުނު ގޮތަކުން ހިތުގަ ސޫރަވީހޭ
ތިހާ ލޯބިވާތީއޭ ބޭނުންވެފާވީ
ބަލާފާ މިވީލޯ ހިތުގަ ފޮރުވަނީއޭ
ފިލާ އެތިބެނީ ދެން ހަނދާ ތަރިތަކޭދޯ
ކަލާ ފަރިކަމުންނޭ އެތިބަ ރަކިވަނީދޯ
ޒުވާން ރީތި މޫނޭ ހިތުގެ ލޯބި ތީހޭ
ޒުވާނާ އެދޭތީއޭ ފިރުމާދެނީ ދޯ
އެދޭ މޫނަކީހޭ މަގޭ ހިތުގެ ރާނީ
ބަލާލެވުނު ގޮތަކުން ހިތުގަ ސޫރަވީހޭ
ހިތާހިތް ބުނާނެޔެ މަންޒިލް ކޮބާހޭ
ހިފީ މަޑުމަޑުންނޭ އަތުގަ އޭރު ނޭނގޭ
ހިތުގެ ރިހުމަކީ ތީއޭ ސާހިލް އެނގޭތީ
ޒުވާން އޮއެގެ ބާރޭ ލަދުން ބުނެވުނީއޭ
އެދޭ މޫނަކީހޭ މަގޭ ހިތުގެ ރާނީ
ބަލާލެވުނު ގޮތަކުން ހިތުގަ ސޫރަވީހޭ
އޮހޭތީ ޝަބާބުން ބެދޭ އަރުގެ ނޭވާ
ލިބޭ ފޮނިކަމުން ލޯ މެރޭގޮތްވަނީދޯ
މިއީ ލޯބި ހޫނޭ ޒުވާންކަމުގެ އާހޭ
ތިހާ ކައިރި ވީމާހޭ މެރެނީ ދެލޯ ދޯ
އެދޭ މޫނަކީހޭ މަގޭ ހިތުގެ ރާނީ
ބަލާލެވުނު ގޮތަކުން ހިތުގަ ސޫރަވީހޭ
ތިހާ ލޯބިވާތީއޭ ބޭނުންވެފާވީ
ބަލާފާ މިވީލޯ ހިތުގަ ފޮރުވަނީއޭ