ދިވެހި ލިރިކްސް

© ދިވެހި ލިރިކްސް

ހ
ށ
ނ
ރ
ބ
ޅ
ކ
އ
ވ
މ
ފ
ދ
ތ
ލ
ގ
ޏ
ސ
ޑ
ޒ
ޓ
ޔ
ޕ
ޖ
ޗ
ޙ
ޚ
ޢ
ޣ
ޠ
ޘ
ޡ
ޤ
ޛ
ޞ
ޝ
ޟ
ޜ
ޥ

އެންމެ މަގުބޫލު

1

ދޮން ކަނބުލޮ ނިދާލާށޭ

2

އިތުރު ރަސޫލާ

3

ފިލާނެތޯ ލޯތަކުން މިފޫދޭ

4

ނަބީ އަމީނޭ

5

ޙަސްބީ ރައްބީ ޖައްލަﷲ - حَسْبِیْ رَبِّی جَلَّ اللّٰہ

އެންމެ ފަހުގެ

1

ރީތީގެ ރާނީ އުޖާލާ

2

ކުރަންވީއޭ ދުޢާ

3

އޭނަބިއްޔާއޭ ސޮލާތާ

4

ޤައުމަށްޓަކާ ދީނަށްޓަކާ

5

އުދަރެސް

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

އެކު

އިން

info@dhivehilyrics.com

އައްސަވާންދޭ ދުޢާ އަޅުގެ ޔާޒަލް ޢުލާ

ރާގު: -

ޅެން: ޅެންވެރިޔާ ނޭނގޭ

އައްސަވާންދޭ ދުޢާ އަޅުގެ ޔާޒަލް ޢުލާ
ވެއްސަވާންދޭވެ ރަޙްމަތުގެ ވާރޭ ވިލާ

އެންމެހާ ރީތި ޙަމްދާއި ތަޢުރީފުގާ
ދެންނެވޭހާ ޘަނާ އާއި ތަސްރީފުގާ
ގެންނަ ލަފުޒޭ މިއީ އަޅުގެ ނިޔަތާ ދުލާ

އަދި ޞަލާތޭ ފޮނުއްވާށެ ޝާމިލް ވެވޭ
އަރިއަހަށް މާތް ނަބިއްޔާގެ ލޯބިން ވެވޭ
ފަރިވިހާ މާމަލާ ފަރިވަމުންދާ މަލާ

ހެޔޮ ރަނގަޅު ނިޢުމަތުގެ މަގު އަބަދު ދައްކަވާ
ހެޔޮ އަމަލުތައް މަތީ ދެމިތިބުން ލައްވަވާ
ހެޔޮ ނިޝާނެއްގެ ނޫރުން އަބަދު އަލިވެލާ

ބިރުތަކާ އެންމެހާ އާފަތުން ދިންނަވާ
ބަރަކަތާ އެންމެހާ ރާހަތާ ދެއްވަވާ
ދިރުމަކުން އާދިރުއްވާށި ހިތްތައް މިލާ

ބަލިތަކުން އަދު ޖަހާލަތުގެ އަނދިރިން ޖެހޭ
އަލިކަމެއް ނެތް ޟަލާލަތުގެ ކަނޑުގައި ބެހޭ
އަލި ކުރައްވާށި ޙާލާއި މުސްތަޤުބަލާ

ރޯދި ދެއްވާށިޔޭ ދުންޔަވީ ކަނޑުތަކުން
ރޯދި ބަރަކާތުގައި ލެއްވިހާ ދަނޑުތަކުން
ފޯދިގެން ގަސްގަހާގެހި މިތާޒާ ވެލާ

ރުއްސަވާންދޭވެ މަތިވެރި ވަދޫދުލް ކަރީމް
ފުއްސަވާންދޭ މިތާޔާ ޣަފޫރުއް ރަޙީމް
އިސްވެދިޔަހާ ކުށާ އަދި ޛުނޫބީ ކިލާ

ޔާ އިލާހީ މިތާ އަޅުގެ މަޤްޞޫދަކީ
ދާއިމީ ރަޙުމަތޭ ހިތުގެ މަޠުލޫބަކީ
ދާ ހިނދުން ޙަޟްރަތަށް ރޫޙު އުފަލެއްވެލާ

ހައްލުވާހާ ހިނދަކު ދުނިޔެއަށް މަރްޙަބާ
صَلِّ سَلِّمْ عَلَى أَحْمَدِ الْمُجْتَبَى
فَاسْتَجِبْ ياَ إِلَهِي بِجَاهِ الْعُلَى