އޭނަބިއްޔާއޭ ސޮލާތާ

ރާގު: ދޭކްލީ ތޭރީ ޚުދާއީ ބަސް މެރާ ދިލް ބަރްގަޔާ

އޭނަބިއްޔާއޭ ސޮލާތާ އަދި ސަލާމޭ ދާއިމީ 2x
އޭނަބިއްޔާއޭ ސޮލާތާ
(އޭ ރަސޫލާއޭ ޝަރަފްލިބެ)2x ވޭ ޝަފީއުލް އަބުތޮހީން
އޭނަބިއްޔާއޭ ސޮލާތާ

ހެޔޮވެގެންވީ ސާހިބާއޭ ދުނިޔެއާ އާޙިރަތުގާ 2×
(ހެޔޮކަމުގެ ހިޔަލޭވަނީ ލިބި) 2x ފާ އަޅުންނަށް މުޒުނިބީން
އޭނަބިއްޔާއޭ ސޮލާތާ

ދޭހުގާ ނުވެޔޭ މިސާލެއް ލޯބިވެތި ތިޔަ ނިސްބަތުން 2x
(ޖާހުގާ ލޯބީގެ ޤުރުބާން)2x ނޭ ހަޔާތުގެ މަތުލަބީން
އޭނަބިއްޔާއޭ ސޮލާތާ

އެންމެހާ ތަފުހީމަކާ ތަކުރީމަކާ ތަޢުލީމަކާ 2x
(ކޮންމެ މޮޅުކަމަކީ ނަބިއްޔާ) 2x އޭ މުޙައްމަދު އާރަބީން
އޭނަބިއްޔާއޭ ސޮލާތާ

އަޒުމަތާއި މުރުއްވަތާ ތިޔަ އަބްޤަރީ އަޚުލާގުގާ 2x
(ފަވުލަކަށް ނުވެޔޭ މިސާލެއް) 2x މަޝްރިޤާ އަދި މަޤުރިބީން
އޭނަބިއްޔާއޭ ސޮލާތާ

ޝޯދިގުލް ވައުދިލް އަމީނޭ އޭ ރަސޫލުއްﷲއޭ 2x
މާދަމާގެ ޝަފާއަތަށް އެދި) 2x ގެންވަމޭ އަރިހުން ނަބީ
އޭނަބިއްޔާއޭ ސޮލާތާ

ނިޢުމަތާއި ޝިފާގެ ގުލްޒާރާ ވުޖޫދުން ދެއްވި މާތް 2x
(ރަޙުމަތާ ބަރަކާތުގާ ތިޔަ) 2x އީހަނީއޭ މަޝްރަބީން
އޭނަބިއްޔާއޭ ސޮލާތާ

އެދުމުގާ ތެދުވެރި ހިތުން އޮހޮރާ މުހައްބަތުގާ މިތާ 2x
(ވެދުމުގާ ތަސްލީމު ދަންނަވަ) 2x މޭލިހަޒުރަތު އަޙުމަދީން
އޭނަބިއްޔާއޭ ސޮލާތާ

ޔާއިލާހަލްއާލަމީނުވަ ޔާމުޖީބުއްސާއިލީން 2x
(ހާވިޔާއިން ދިންނެވުންއެދެ) 2x މޭބިޖާހި މުޙައްމަދީން
އޭނަބިއްޔާއޭ ސޮލާތާ

ހަނދު އަރާހާ ހިނދަކު އާފާގުން އުޖާލާކަންމަތީ 2x
(އަދި ވަކިން ލައްވާށިއޭ ސޮލަ) 2x ވާތް ނަބިއްޔާ ޔަޝްރަބީން

އޭނަބިއްޔާއޭ ސޮލާތާ އަދި ސަލާމޭ ދާއިމީ
އޭނަބިއްޔާއޭ ސޮލާތާ
(އޭ ރަސޫލާއޭ ޝަރަފްލިބެ)2x ވޭ ޝަފީއުލް އަބުތޮހީން
އޭނަބިއްޔާއޭ ސޮލާތާ އަދި ސަލާމޭ ދާއިމީ
އޭނަބިއްޔާއޭ ސޮލާތާ

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

info@dhivehilyrics.com

އިން

އެކު