ބަނދި

ބަނދި އަކީ ވަޒަން ބަހުރުވައިގެ އެންމެ ކުރީގެ ވައްތަރު. އެވެ. މިއީ އެއްގޮތަށް ހުއްޓޭ ބަސްތަކަކުން އެކުލަވައިފައި އޮންނަ ފަތިވަރެކެވެ. އިހުޒަމާނުގައި ވަޒަން ހަމަވާގޮތަށް ހަދައިގެން ވަޒަން ބަހުރުވައިން ރާގަކަށް ކިޔާއުޅުނު ބަސްފަތިވަރަށް ވެސް ކިޔަނި ބަނދި އެވެ. މިއީ ދިވެހި ޅެމުގެ ބާވަތްތަކުގެ ތެރެއިން އުމުރުން އެންމެ ދުވަސްވެފައިވާ އެންމެ މުސްކުޅި ބާވަތުގެ ޅެމެވެ.

ބަނދީގެ ބާވަތްތައް

1. ފަންޑިތަވެރިން ބޭނުންކުރާ ބަނދި ފަންޑިތަވެރީން ފަންޑިތަ ހެދުމަށް ބޭނުންކުރާ ބޭނުންކުޅަ އެތައް ބަނދިތަކެއް އިހަށް ގެންގުޅުނެވެ. މިހާރު އެބަނދިތައް އުވެމުންގޮސް ނެތުމާ ގާތަށް ހިގައްޖެއެވެ. 2. ކުދިން މަސަލަސް ކުރުމުގައި ބޭނުންކުރާ ބަނދި 3. ފޫހިފިލުވާން ކިޔާ ބަނދި ބަނދީގެ ވަޒަނަކީ 12 ފިއްޔެވެ. ބަސްތަކުގެ އަދަދަކަށް ވަކި މިންވަރެއް ނޯވެއެވެ. ވަރަށް ދިގު ބަނދި ހުންނަ ފަދައިން ވަރަށް ކުރު ބަނދި ވެސް ހުރެއެވެ. ބަނދީގެ ބަސްތަކުގެ ފެށޭ ތަންތާގައި ފިލިކޯޅި އާއި ބަނޑުވައް އަކުރު އެއްގޮތް ވެފައެއް ނުހުރެއެވެ. ހަމަ މިހެން އަކުރުތައް އިސްފަސްކޮށް އޮޅުވާފައެއް ވެސް ނުހުރެއެވެ.

ލޮގިން ވާކަށް ނުޖެހޭނެ.

ތިޔަ ބޭފުޅުންގެ އެންމެ މަޤުބޫލު ލަވަތަކުގެ ލިރިކްސް އަވަހަށް ފޮނުއްވާ!

ލަވަ ފޮނުއްވުމަށް

ދަންނަވާލުމެއް!

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.