މިނިވަން ވަޔާ ކުޅެލާށެ ތާޒާ
މީ ނިޝާނޭ އުޖާލާ
ޖާން ފިދާވީ ބަޠަލުން
ސާފުވެސީދާ ޢަޒުމާ ރޫޙުން
ރަމްޒުން ދިރޭ އެހަނދާން ފަޒާގާ
މީ ނިޝާނޭ އުޖާލާ
ރޫޙުދެވޭ މީ ވަޠަނަށް
ލޯބި ދެވޭނީ ޤައުމާ ދީނަށް
މިންނަތް ޝުޢޫރު ދިދައިން ފަވާލާ
މީ ނިޝާނޭ އުޖާލާ
ދާށެ މި ރަމްޒީ ހިޔަލުން
ވާށެ ދަރިންނޭ އަންހެން އުފަލުން
ދިރުވާށެވީ ޢަޒުމާ ޚިޔާލާ
މީ ނިޝާނޭ އުޖާލާ