ފިލާނެތޯ ލޯތަކުން މިފޫދޭ

ރާގު: ނަ އާދްމީކާ ކޮއީ ބަރޯސާ

ފިލާނެތޯ ލޯތަކުން މިފޫދޭ ދުމޫޢު މި ހިތާމަވެރި ނިޝާނާ
ތަފާތުނުވެ ޙާދިޘާ ހިނގާނޭ އަބަދު ޒަމާނާ އެކީ ހަނދާނާ

ވަޑައިގަތީ ދަރިކަލުން އަރިހުގައި އެމާތްވި ބައްޕާފުޅުގެ މަޒާރަށް
އިޢާދަވެ ވަޑައިގަތުމުގެ މަގުގައި ކުރެއްވެވީ ރިޙްލަތުން މިމަންޒިލް
ދުށީ އެމަންމާފުޅުގެ ވަފާތޭ އެތާ އެ އަބްވާޢުގާވި ޚިމާ
ފިލާނެތޯ ލޯތަކުން...

ތެދޭކުރެއްވީ ހެކިވެވަޑައިގެން، ރިސާލަތަށް ދަރިކަލުންގެ ދީނާ
ނަޒުމް ކުރައްވާ ކުރެއްވި އަގުމާތް ވަޞިއްޔަތޭ އެއްސެވީ ރަސޫލާ
ޒަމާން ދުށީ ޙާލުކޮޅު ޔަތީމީ މިޢާލަމުން ދަތުރު ފެއްޓެވީމާ
ފިލާނެތޯ ލޯތަކުން...

ޔަޤީނެ ފަޚުރުއްނިސާ އެ އަގުމާތް ވި އުއްމު ޚައިރިލްވަރާއެ ތިޔައީ
ފުރުއްވަވާށިއެ މަޤާމު އަޢުލާ ޖިނާނުގައި ޙޫރުނަށްވުރެން މާތް
ހިތާމަކުރަނީ މިތާ މިއެންމެން ވަދާޢަކުން ހިތްތަކޭ މިލީމާ
ފިލާނެތޯ ލޯތަކުން...

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

info@dhivehilyrics.com

އިން

އެކު