© ދިވެހި ލިރިކްސް
ޢަބްދުﷲ ޙަސަން
-------------- އަބްދުﷲ ހަސަން އަކީ ލަވައިގެ ދާއިރާއިން އެންމެ ފުރަތަމަ އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމް ހޯއްދެވި ބޭފުޅާ އެވެ. އޭގެ އިތުރުން، ބައެއް ބޭފުޅުން ވިދާޅުވި ގޮތުގައި، ކުރީގެ ރައީސް އިބްރާހިމް ނާސިރާއި ރައީސް މައުމޫންގެ ވެސް ޕާސަނަލް ލަވަކިޔުންތެރިއަކީ އަބްދުﷲ ހަސަނެވެ. އެ ބޭފުޅުން ބޭނުންފުޅުވާ ބައެއް ހާއްސަ ލަވަތައް އަބްދުﷲ ވިދާޅުވެ ރެކޯޑް ކުރެއްވި ކަމަށް ވެ އެވެ. ރައީސް މައުމޫން ހެއްދެވި ސީރަތުގެ ރަންހާރު ވެސް އެންމެ ފަހު ދަނޑިވަޅު އެމަނިކުފާނަށް ކަމުދިޔައީ އަބްދުﷲ ހަސަން ވިދާޅުވެގެން ކަމަށް ވެ އެވެ. ތިމާވެށީގެ ކެމްޕޭންތަކާއި ގަސް އިންދުމުގެ ކެމްޕޭނާއި އެހެނިހެން ގައުމީ ކެމްޕޭންތަކުގައި ހޮޅުދޫ އަބްދުﷲގެ އަޑު ނެތި އޭރު ފުރިހަމަ ނުވެސް ވެ އެވެ. އަބްދުﷲ ހަސަނަކީ މާލޫދު ކިޔުއްވަން ވެސް މާލޭގައި ވަރަށް މަޝްހޫރުވި ބޭފުޅެކެވެ. ދިވެހިރާއްޖޭގެ އަޑުގެ އާކައިވްގައި އެންމެ ގިނައިން ހުރީ އަބްދުﷲގެ މަދަހަ އެވެ. އޭގެ އިތުރުން އަބްދުﷲ އަކީ އެކި މީސްމީހުންގެ ދިރިއުޅުމުގައި ދިމާވެފައިވާ ހިތާމަވެރި، އަދި އުފާވެރި ކަންތައްތަކުގައި ވެސް ލަވައިން އެހީތެރިވެ ދެއްވި ބޭފުޅެކެވެ. އޭގެ ތެރެއިން އެއް ލަވައަކީ އިބްރާހިމް ނާސިރުގެ އަނބިކަނބަލުން ބަގީޗާގޭ މަރިޔަމް ސައީދު، ނާސިރަށް ހެއްދެވި ލަވައެކެވެ. "އަސުރު ދިޔައީ ގެއްލިގެން" އަކީ މަރިޔަމް ސައީދު އަމިއްލަ އަށް ހެއްދެވި އޭނާގެ ވަރަށް ޕާސަނަލް އިހުސާސްތަކެއް ހިމެނޭ އަސަރުގަދަ ލަވައެކެވެ. ------------------------------------- މިއީ 2021 ނޮވެމްބަރ 19 ވަނަދުވަހު މިހާރު ނޫހުގައި "ހޮޅުދޫ އަބްދުﷲ: ލެޖެންޑުންގެ ވެސް ލެޖެންޑެއް!" އާޓިކަލް އިން ނަގާފައި. https://mihaaru.com/report/100682
ޢަބްދުﷲ ޙަސަން ގެ ލަވަތައް
ރީތި ހަނދެކޭ ނުބުނެވޭނެހޭ؟
ޢަބްދުﷲ ޙަސަން
ޤައުމަށް އައި މިނިވަން ނޫރާނީ
ޢަބްދުﷲ ޙަސަން
ނެތުމުގެ ތެރެއިން މި ޢާލަމް
ޢަބްދުﷲ ޙަސަން
ނިޢުމަތް އެ ހޯއްދެވީ
ޢަބްދުﷲ ޙަސަން
ރަޙުމަތުގެ ރަންތަރި އުދަރެހުން
ޢަބްދުﷲ ޙަސަން
ނަބީ އަމީނޭ
ޢަބްދުﷲ ޙަސަން
ޚަތިމް ކުރިހާލޯތަކުން ރޮވިދާނޭ
ޢަބްދުﷲ ޙަސަން
ނަސޭޙަތްތެރި ވަމޭ ހުރިހާ ކުދިންނަށް
ޢަބްދުﷲ ޙަސަން
ނިކަމެތި ފަޤީރުންނަށްޓަކައި (ޒަކާތް)
ޢަބްދުﷲ ޙަސަން
އަޞްރު ދިޔައީ ގެއްލިގެން
ޢަބްދުﷲ ޙަސަން
އޯ ވަޒަން
ޢަބްދުﷲ ޙަސަން
ނަޞަބޭ ޚިޔާރު ވެގެން ހިނގާ
ޢަބްދުﷲ ޙަސަން
މަލުން މަލުން ހާރުތައް މީގަތާލާ
ޢަބްދުﷲ ޙަސަން
ފިލާނެތޯ ލޯތަކުން މިފޫދޭ
ޢަބްދުﷲ ޙަސަން
އެމުނޭށިއޭ ރަންހާރުތައް ޝުކުރާ ސަނާގެ އިނގިލިތަކުން
ޢަބްދުﷲ ޙަސަން
ޔާރައްބި އަޅަމެން ދިންނަވާފާނދޭ މުނާފިޤު ދޫތަކުން
ޢަބްދުﷲ ޙަސަން
ނުދާށިޔޭ އޭ ޝަޒާ އެ ރަމަޝާން
ޢަބްދުﷲ ޙަސަން
ސަލާމުގެ މާމަލުން އަމުނާ
ޢަބްދުﷲ ޙަސަން
ރައްކާވުމުގެ ނިޝާން ތަކޭ
ޢަބްދުﷲ ޙަސަން
މީޚަލީލާ ޛަބީޙީ އުޖާލާ ހަނދާން
ޢަބްދުﷲ ޙަސަން
ނަމާދޭ އެންމެ އިސްކަމަކީ
ޢަބްދުﷲ ޙަސަން
މަކާރިމް އިތުރުހާ
ޢަބްދުﷲ ޙަސަން
ވަނީ ތަޤުދީރުގާ ޙާލަތު
ޢަބްދުﷲ ޙަސަން
ނަފްސު ހޭލައްވާލަ ދޭށޭ
ޢަބްދުﷲ ޙަސަން
އިކުރާމްގެ ވެދުމާއޭ
ޢަބްދުﷲ ޙަސަން
ޖޯޝެއް ގެނައިމީ ޤައުމީ އުފާ
ޢަބްދުﷲ ޙަސަން
ވަޑައިގަންނަވާށޭ ކުލާހަށް އަސާސީ
ޢަބްދުﷲ ޙަސަން
އެންމެ މަގުބޫލު
1
ދޮން ކަނބުލޮ ނިދާލާށޭ
2
އިތުރު ރަސޫލާ
3
ފިލާނެތޯ ލޯތަކުން މިފޫދޭ
4
ނަބީ އަމީނޭ
5
އީމާނޭ ހިތުގާ އާލާވަނީ
އެންމެ ފަހުގެ
1
ރީތީގެ ރާނީ އުޖާލާ
2
ކުރަންވީއޭ ދުޢާ
3
އޭނަބިއްޔާއޭ ސޮލާތާ
4
ޤައުމަށްޓަކާ ދީނަށްޓަކާ
5
އުދަރެސް
މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.
ހިތުން ފިލުވޭކަށެއް ދެން ނެތޭ ތިޔަ ކަމެއް
ރާގު: -
ޅެން: ޅެންވެރިޔާ ނޭނގޭ
ހިތުން ފިލުވޭކަށެއް ދެން ނެތޭ ތިޔަ ކަމެއް
ނިކަން ލޯބިން ދެކޭހިތްވެޔޭ
އަތުން ދީފާ ޝަރާބެއް ވެޔޭ އާޝިގާ
އެހެން ވީމާ ހަނދާނެއް ވެޔޭ
ފުރަތަމަ ނަޒަރު އެންމެ އިޝްޤީ އަސަރު
ކުރަހާލި ތަސްވީރު ހިތުގާ މިތުރު
ގުރަހައިގެ ތަރިހެން މަށަށް ހީވިޔޭ
ހިތުން ފިލުވޭކަށެއް ދެން ނެތޭ ތިޔަ ކަމެއް
ނިކަން ލޯބިން ދެކޭހިތްވެޔޭ
އަތުން ދީފާ ޝަރާބެއް ވެޔޭ އާޝިގާ
އެހެން ވީމާ ހަނދާނެއް ވެޔޭ
އިޝްޤީ މި ލޯބީގެ ޖަޒުބާތަކުން
މަސްތޭވަނީ ލޯބި ޙަރަކާތްތަކުން
އަސްތާ އެރޭ ހާދަ އުފަލެއްވިޔޭ
ހިތުން ފިލުވޭކަށެއް ދެން ނެތޭ ތިޔަ ކަމެއް
ނިކަން ލޯބިން ދެކޭހިތްވެޔޭ
އަތުން ދީފާ ޝަރާބެއް ވެޔޭ އާޝިގާ
އެހެން ވީމާ ހަނދާނެއް ވެޔޭ
ގަހަކުން ފަތެއް ހެލިލިޔަސް ހީވެޔޭ
ފަހަތުން މަގޭ އަންނަހެން ހީވެޔޭ
އެހަނދާނުގާ މޭތެޅޭގޮތް ވިޔޭ
ހިތުން ފިލުވޭކަށެއް ދެން ނެތޭ ތިޔަ ކަމެއް
ނިކަން ލޯބިން ދެކޭހިތްވެޔޭ
އަތުން ދީފާ ޝަރާބެއް ވެޔޭ އާޝިގާ
އެހެން ވީމާ ހަނދާނެއް ވެޔޭ
ހިއްލާލި ރޭ ލޯބި ފަރުދާއަތުން
ކިއްލާތެރޭން މޫނު ފެނިލީގޮތުން
ދިއްލާލި ހަނދުހެން މަށަށް ހީވިޔޭ
ހިތުން ފިލުވޭކަށެއް ދެން ނެތޭ ތިޔަ ކަމެއް
ނިކަން ލޯބިން ދެކޭހިތްވެޔޭ
އަތުން ދީފާ ޝަރާބެއް ވެޔޭ އާޝިގާ
އެހެން ވީމާ ހަނދާނެއް ވެޔޭ