ޚަތިމް ކުރިހާލޯތަކުން ރޮވިދާނޭ، ފޮތުގެ ޞަފްޙާ ތަކުގެ ހުރިހާ ޖަވާބު ނިމެންދެން ކިޔާ - ޚަތިމް ކުރިހާ ލޯ... އެ ތާރީޚު އޭރު ދުށްހައި ޙަވާދިޘް ތަފާތު ހުރިހާ، ޚިތާމަށް އައީ މީކިޔާ ޖިލްދުން ޒަމާން، ފިލާދާނެތޯއޭ ޤުދުރަތުގެ ޝާން - ޚަތިމް ކުރިހާ ލޯ.... ފުރޭހާ ލޮލެއް މި ކަރުނުން މިލާވީ ހިތެއް މި އަސަރުން، ވަފާތެއް ނަބީ ދޭ ހަނދާން ފަށަނީ ހިނގާން، ކުރެވިދާނެތޯ އޭ ދުލަކުން ބަޔާން - ޚަތިމް ކުރިހާ ލޯ.... ޙަޔާތުން ފަލާޙު ގެނުވާ ޞަބާޙާ ރީތީ މާޒީ، ހަވީރެއް އައީ މީ ހިނގާ ބަނަކަށް މިދީ، ފުހެވިދާނެތޯ އޭ ލިބިދިން އަމާން - ޚަތިމް ކުރިހާ ލޯ... އެ މާތް ޝައުޤަކާއި ޖޯޝުން ޞަޙާބީ އުޅުއްވި ލޯބިން، ޙިމާޔަތް އަރިހުގާ ލިބޭ ޠާހާގެ މާތް ، ބަދަލު ވާނެތޯ އޭ ދެއްވެވި މަޤާމް - ޚަތިމް ކުރިހާ ލޯ.... ދަށުން އަބަދުގާ މި އެދެވޭ މިޔޭ ލޯބި ސޫރަފުޅަކީ، ޢުލޫމާ ފުނޫނުން ފުރޭ ޢާލަމް ތަނެއް ވާނެތޯ އޭ ޝުޢުލާ ނިވޭން - ޚަތިމް ކުރިހާ ލޯ... މިދޭހުން އެ މާތް ނަބިއްޔާ އެހީފުޅު އެދެއްވި ފަދައިން، އެދޭހުން ވަނީ ރަޙްމަތުން ފަރަގެއް ނުވާ، ޝަފާޢަތުގެ މަގުގާ ފަށަމާ ހިނގާން - ޚަތިމް ކުރިހާލޯ.... ތަޙިއްޔާ ތަކާއި އަގުމާތް ޞަލާތާ ސަލާމް މިއެދެވޭ، ވެދުންތައް އަރިސް މީކުރާ ދިރުވާ ހަނދާން، ފޮތާ ސުންނަތުންނޭ ހިފަމުން ބަޔާން - ޚަތިމް ކުރިހާ ލޯ.....

އަލްބަމް

ލިރިކްސް އެއް ނޫނީ މަދަޙައެއް އެބައޮތްތޯ؟

އަޅުގަނޑުމެންގެ ޓީމުގައި ބައިވެރިވާން ބޭނުންތޯ؟

އީމެއިލް ކުރައްވާ

info@dhivehilyrics.com

ލޮގިން ވާކަށް ނުޖެހޭނެ

ތިޔަ ބޭފުޅުންގެ އެންމެ މަޤުބޫލު ލަވަ އަދި މަދަޙައިގެ ލިރިކްސް އަވަހަށް ފޮނުއްވާ!

ދަންނަވާލުމެއް!

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.