އިކުރާމްގެ ވެދުމާއޭ
ރާގު: އެކް ޕްޔާރްކަ ނަޣްމާ ހޭ
އިކުރާމްގެ ވެދުމާއޭ، ޞަލަވާތާ ސަލާމާއޭ
ދެންނެވޭ ޝަޢުޤުވެރިވީ ހިތުން، ފުރިދާނީ ތަހާނީއޭ
އިކުރާމްގެ ވެދުމާއޭ، ޞަލަވާތާ ސަލާމާއޭ
ދެންނެވޭ ޝަޢުޤުވެރިވީ ހިތުން، ފުރިދާނީ ތަހާނީއޭ
އިކުރާމްގެ ވެދުމާއޭ، ޞަލަވާތާ ސަލާމާއޭ
ތިޔަ މޫރިތި ދީނާއޭ، ގުޅި ނޫރު ޔަޤީނާއޭ
ޢާލަމުގާ މަޠުލަބަކީ، ޝާނާއި ނިޝާނާއޭ
ދާއިމްވެ މި ޝުކުރާނާ، މާތައް މި ފޮޅޭނީއޭ
ދެންނެވޭ ޝަޢުޤުވެރިވީ ހިތުން، ފުރިދާނީ ތަހާނީއޭ
އިކުރާމްގެ ވެދުމާއޭ، ޞަލަވާތާ ސަލާމާއޭ
ކައުނާއި ޒަމާންތައް އައި، ދެކެމުންނެ ބަޝާރަތަކީ
ޝަރަފާއެކުގާ ވިދަމުން، އައި ކީރިތި ނަންފުޅަކީ
ކައު ވަންތަ ނަބިއްޔާއޭ، ލޯބިން ހެކިވާނީ އޭ
ދެންނެވޭ ޝަޢުޤުވެރިވީ ހިތުން، ފުރިދާނީ ތަހާނީއޭ
އިކުރާމްގެ ވެދުމާއޭ، ޞަލަވާތާ ސަލާމާއޭ
އަގުމާތްވި ހިދާޔަތަކީ، ތިޔައީއެ ވަޞީލަތަކީ
ދިންނެވުމުގެ ވާ އަޅަމެން ދީލަތިވި ޝަފާޢާތަކީ
ވެވެނީ މިހިތާ ރޫޙާ އުފަލުން ޤުރުބާނީއޭ
ދެންނެވޭ ޝަޢުޤުވެރިވީ ހިތުން، ފުރިދާނީ ތަހާނީއޭ
އިކުރާމްގެ ވެދުމާއޭ، ޞަލަވާތާ ސަލާމާއޭ