© ދިވެހި ލިރިކްސް
އެންމެ މަގުބޫލު
1
ދޮން ކަނބުލޮ ނިދާލާށޭ
2
ފިލާނެތޯ ލޯތަކުން މިފޫދޭ
3
ނަބީ އަމީނޭ
4
އިތުރު ރަސޫލާ
5
ޙަސްބީ ރައްބީ ޖައްލަﷲ - حَسْبِیْ رَبِّی جَلَّ اللّٰہ
އެންމެ ފަހުގެ
1
ރީތީގެ ރާނީ އުޖާލާ
2
ކުރަންވީއޭ ދުޢާ
3
އޭނަބިއްޔާއޭ ސޮލާތާ
4
ޤައުމަށްޓަކާ ދީނަށްޓަކާ
5
އުދަރެސް
މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.
ރީތި ހަނދެކޭ ނުބުނެވޭނެހޭ؟
ރާގު: -
ޅެން: ޅެންވެރިޔާ ނޭނގޭ
ރީތި ހަނދެކޭ ނުބުނެވޭނެހޭ
ދޭޤަދަރު ފަނޑުވެގެން ދާނެހޭ *2
މަރުވެގެން ރޫހު ދާހާލުގާ
ވިސްނަމުން ބޭނުން ނުވެދާނެހޭ
ރީތި ހަނދެކޭ ނުބުނެވޭނެހޭ..
ނެތި ނުދާހާ ހިނދަކު ވާމި އަލިކަން ފިލާ
ސޫރަ ލޮބުވެތިވި ނުފިލާނެ މިހިތުން ކަލާ
ނޭދި ހުރެވޭނެހޭ އެންމެ ބޭނުން އަރާމް
ހާލުވިސްނާބަލާ ހިޔާލުކޮށް ކިޔާބަލާ
އަބަދު އިތުބާރުދީ ހިޔާލުގާ
ވާހަނދާނާއި ވަކިވާނެހޭ
މަރުވެގެން ރޫހު ދާހާލުގާ
ވިސްނަމުން ބޭނުން ނުވެދާނެހޭ
ރީތި ހަނދެކޭ ނުބުނެވޭނެހޭ..
ދުނިޔެ ދާހާ ހިނދަކު ދައުރުކުރަމުން މިހެން
އަބަދު ހުންނާނަމޭ ހާލު ވިސްނޭނެހެން
މޫނުގާވާ އަސަރު ފެނިފަ ދެވުމުން ނަޒަރު
ހުސްވެ ހޭބުއްދިދޭ މަސްތު ކުރެވޭނެހެން
ދެއްވި މާތް ރޯދި ވައިފެން ނުލިބޭ
އާހުގާ ރޫހު ދިރުވޭނެހޭ
މަރުވެގެން ރޫހު ދާހާލުގާ
ވިސްނަމުން ބޭނުން ނުވެދާނެހޭ
ރީތި ހަނދެކޭ ނުބުނެވޭނެހޭ..
ހުވަފެނެއްތީ މަގޭ މާކުރިއްސުރެ ދެކޭ
ވިސްނުމާ ވަކިނުވާ ނިދުމުގާ ހޭނުމާ
ކޮންމެތާކުން ކަލާ ދެކެމެ ހުރިހާ ހިނދަކު
ރީތިކަން ވަކިނުވޭ އަބަދު ރޫހާ ހިތާ
ސާފު ލޯތްބެއް ކަލާ ހިތު ތެރޭ
އެދި އެކަން ސިއްރު ކުރެވޭނެހޭ
މަރުވެގެން ރޫހު ދާހާލުގާ
ވިސްނަމުން ބޭނުން ނުވެދާނެހޭ
ރީތި ހަނދެކޭ ނުބުނެވޭނެހޭ
ދޭޤަދަރު ފަނޑުވެގެން ދާނެހޭ
މަރުވެގެން ރޫހު ދާހާލުގާ
ވިސްނަމުން ބޭނުން ނުވެދާނެހޭ