ނަޞަބޭ ޚިޔާރު ވެގެން ހިނގާ ފުރިގެންނެ މާތް ޝަރަފުން ވަނީ
ސަބަބުން އިތުރު ކައު މުޞްޠަފާ އެއްވަނަ ސުލާލަތަކަށްވަނީ
ނަޞަބޭ ޚިޔާރުވެގެން ހިނގާ....
ހަމަ ކޮންމެ ތަރިއެއް އުދަރެހުން ދެއްކީ އިލާހީ ނޫރުތާ
މަގު ގެއްލިގެން ދާހާ ދަތުރު ސީދާ އެއިން ވެވިގެން ދަނީ
ނަޞަބޭ ޚިޔާރުވެގެން ހިނގާ....
ޠާހިރު ކަމާ ޚާލިސްކަމުން މަތިވެރި އެ ވަޙުދާނިއްޔަތާ
ހަމައަށް މިޠާހާ އާއި މާތް އޮހިގެން ކަރާމާތް އަންނަނީ
ނަޞަބޭ ޚިޔާރުވެގެން ހިނގާ....