ކަލަކުވޭ ބިރުވެތިވޭ

ކުޑަ ކުއްޖަކު ރޯތަން ފެނެއޭ،
ހިނދު ހިނދުކޮޅުން ކުކުރުން އިވެއޭ
ދިރުމެއް ނެތް ހަށިތައް ގިނައޭ،
ލޭ ކޯރުތަކުން ބިން ފުރެއޭ

ނިކަމެއްޗަކު ނަމަ ދެރަކޮށްލާ،
ބިމުހުރި ވެލިހެން ފައިދަށުލައި
ނިކަމެއްޗަކު ނަމަ ދެރަކޮށްލާ،
ބިމުހުރި ވެލިހެން ފައިދަށުލައި
ފެންފޮދަކަށް އެދި އެދި އޮއްވާ،
މަރުވަންދެން އަނިޔާ ކުރެއޭ

ނިމުމެއްނެތްބާ؟ މިންޖެއްނެތްބާ؟
ބުނެވޭނެހެ މީ އިންސާނުންބާ؟
ރަހުމެއްނެތްބާ؟ ކުލުނެއްނެތްބާ؟
ފެންނާނެ މިނޫން ދުވަހެއް ނެތްބާ؟

ކަލަކުވޭ ބިރުވެތިވޭ! ކަލަކުވޭ ބިރުވެތިވޭ!
ކަލަކުވޭ ބިރުވެތިވޭ! ކަލަކުވޭ ބިރުވެތިވޭ!

ދުވަހެއް އޮތްކަން ނޭނގޭހޭ! މަރުވާނޭކަން ވިސްނޭހޭ!
ނަރަކައިގެ ޢަޒާބާ ހޫނާ، އިރުކޮޅަކަށް ވެސް ކެތްވޭހޭ!

އެކުވެރިކަން ދަމަހައްޓާށޭ! އެއްބައިވެ، އެހީތެރިވާށޭ!
އެކުވެރިކަން ދަމަހައްޓާށޭ! އެއްބައިވެ، އެހީތެރިވާށޭ!
އެކަލާނގެ ހަނދުމަކޮށްލާށޭ! އޭރުން ހެޔޮގޮތްތައް ފެނެއޭ!

ނިމުމެއްނެތްބާ؟ މިންޖެއްނެތްބާ؟
ބުނެވޭނެހެ މީ އިންސާނުންބާ؟
ރަހުމެއްނެތްބާ؟ ކުލުނެއްނެތްބާ؟
ފެންނާނެ މިނޫން ދުވަހެއް ނެތްބާ؟

ގިސްލަ ގިސްލަ ރޯނީ އޭ! ފުރެމުން ދެލޯ ދަނީ އޭ!
ގިސްލަ ގިސްލަ ރޯނީ އޭ! ފުރެމުން ދެލޯ ދަނީ އޭ!

ފެންނަ ހިތްދަތި މަންޒަރުން،
ކައިރިޔާ މާ ދުރުދުރުން
ފެންނަ ހިތްދަތި މަންޒަރުން،
ކައިރިޔާ މާ ދުރުދުރުން

ކަލަކުވޭ ބިރުވެތިވޭ! ކަލަކުވޭ ބިރުވެތިވޭ!
ކަލަކުވޭ ބިރުވެތިވޭ! ކަލަކުވޭ ބިރުވެތިވޭ!

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

info@dhivehilyrics.com

އިން

އެކު