© ދިވެހި ލިރިކްސް
އެންމެ މަގުބޫލު
1
ފިލާނެތޯ ލޯތަކުން މިފޫދޭ
2
ދޮން ކަނބުލޮ ނިދާލާށޭ
3
އިތުރު ރަސޫލާ
4
ނަބީ އަމީނޭ
5
ޙަސްބީ ރައްބީ ޖައްލަﷲ - حَسْبِیْ رَبِّی جَلَّ اللّٰہ
އެންމެ ފަހުގެ
1
ރީތީގެ ރާނީ އުޖާލާ
2
ކުރަންވީއޭ ދުޢާ
3
އޭނަބިއްޔާއޭ ސޮލާތާ
4
ޤައުމަށްޓަކާ ދީނަށްޓަކާ
5
އުދަރެސް
މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.
ފަތިހުގެ މުދިމާ ބަންގި ދިނީމާ
ރާގު: -
ޅެން: މައުލަވީ ޢަލީ އިސްމާޢީލް ޢުމްރީ (މަލިކު)
ފަތިހުގެ މުދިމާ ބަންގި ދިނީމާ
ހާލާ ކާޅުގެ އަޑު އިވުނީމާ
ދޫކޮށް ނިދި އިބަމެން ތެދުވަންޏާ
ދަރިވަރުނޭ ގިނަ ސާބަހޭ
މައިރައި ތެދުވެ ހިނައި ސާފުވެގެން
އައު ފޭރާން ލައި ނާސްތާ ކޮށްގެން
ދެން އިސްކޯލަށް ގޮސް ކިޔަވަންޏާ
ދަރިވަރުނޭ ގިނަ ސާބަހޭ
މައިބަފައިންނާ އުސްތާޛުންނަށް
ކިޔަމަންގަތުމީ ތިޔަ ދަރިވަރުނަށް
ވާޖިބުކަމެކޭ ހިތުގައި ލަންޏާ
ދަރިވަރުނޭ ގިނަ ސާބަހޭ
އެއްބަނޑުނާ ޖަގަޑާއެއް ނުމެކޮށް
އެކުވެރިނާވެސް ގަޑުބަޑު ނުމެކޮށް
އެންމޭނާ އެކުވެރިވެ އުޅެންޏާ
ދަރިވަރުނޭ ގިނަ ސާބަހޭ
ކައުމާ ވަޒަނަށް ކޮށްގެން ކިދުމަތް
ހޯދައި މަތިވެރި އަބުރާ ޢިއްޒަތް
ވަޒަނަށް ޖާނު ފިދާ ކޮށްލަންޏާ
ދަރިވަރުނޭ ގިނަ ސާބަހޭ
މިބުނީ ތެދެކޭ ކަށަވަރުކޮށްފާ
ނުލަފާ ގޮތްތައް ދޫކޮށްލާފާ
ތެދުވެރި މި ނަސޭހަތުގާ ހިފަންޏާ
ދަރިވަރުނޭ ގިނަ ސާބަހޭ