© ދިވެހި ލިރިކްސް
ޔާ ރައްބަނާ
ޔާ ރައްބަނާ ގެ ލަވަތައް
ނުވަމަސް ދުވަހުގެ ގަދަ ވޭނުގައި
ޢަލީ ރަމީޒު
ﷲ أَكْبَر اللَّهُ أَكْبَر لاَإِلَهَ إِلاَّ اللَّهُ
ޢަލީ ރަމީޒު
އެންމެ މަގުބޫލު
1
ދޮން ކަނބުލޮ ނިދާލާށޭ
2
އިތުރު ރަސޫލާ
3
ފިލާނެތޯ ލޯތަކުން މިފޫދޭ
4
ނަބީ އަމީނޭ
5
ރޮއްވާފަ ލޯތައް
އެންމެ ފަހުގެ
1
ރީތީގެ ރާނީ އުޖާލާ
2
ކުރަންވީއޭ ދުޢާ
3
އޭނަބިއްޔާއޭ ސޮލާތާ
4
ޤައުމަށްޓަކާ ދީނަށްޓަކާ
5
އުދަރެސް
މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.
ނޭދެން އުފާ އަދު ޔާރު ނޫން
ރާގު: -
ޅެން: މުޙައްމަދު ޢަބްދުލް ޣަނީ
ނޭދެން އުފާ އަދު ޔާރު ނޫން، ފިނި ޝިފާއެއް ޔާރު ނޫން
ހިތް މި ނޭދޭ ފުން އަރާމެއް، ލޯބި ނޫން ލޯބި ނޫން
މޭގާވީ ކުރެހިފަ ނަލަ ތިމޫން، ޖާދޫވީ ނަޒަރެއް ލޮލުގެ
ހިތް މި ނޭދޭ މިންވަރެއްވެސް، ލޯބި ނޫން ލޯބި ނޫން
ބޭނުން މިހިތް ލޯބިން ނިކަން ޙާސިލްކުރަން ޔާރާ
ލޯމެރޭ ހިނދުގާ ކައިރިން ފެނެޔޭ، ސާފު މޫރިތި މޫނެއް ޒުވާން
ގައިމެ ތެދެކޭ ނަލަ ހަނދެއްހެން، ނެތް މިސާލެއް ފަރިކަން އެވާ
ބީހިލާ ހިތްވޭ ސިއްރު ސިއްރުން، ތެޅިފޮޅޭތީ ހިތް ކެތްނުވާ
ފާޅުކޮށްދީ ފުން ތި ދެލޮލުން ލޯބިވާކަން ތެދެކޭ ހުވާ
ނޭދެން ކިޔާކަށް ނަން ތިނޫން، ނޭދެން ދުށުން މޫނެއް ތިނޫން
ނޭދެޔޭ ހިތް ހިނދުކޮޅެއްވެސް، ލޯބި ނޫން ލޯބި ނޫން
ބޭނުން މިހިތް ލޯބިން ނިކަން ޙާސިލްކުރަން ޔާރާ
ހަނދުމަވޭ ހުރިހާ ވަގުތުތަކުގާ، ހާދަހާ ޔާރާ ލޯބިވޭ
ތެދެކޭ މިތުރާ ޙާލަ މީ، ހިތްމެ ތިޔަ ލޯތްބަށް އާދަވޭ
އެދި މިހިތްވޭ ވިންދާ ފުރާނައިން، ދުނިޔެއިން ޔާރާ ޚާއްސަވޭ
ހިތުގެ އުއްމީދޭ ކަލާ ތީ، ތިޔަ އެހީއަށް އެދިގެން ރޮވޭ
ލޯތްބެއް މަ ނޭދެން ޔާރު ނޫން،
ނޭދެން ޙަޔާތެއް ޔާރު ނޫން
ނޭދެން މި ދިރުމެއް ލޯބި ނޭވާ، ލޯބި ނޫން ލޯބި ނޫން
ބޭނުން މިހިތް ލޯބިން ނިކަން ޙާސިލްކުރަން ޔާރާ