© ދިވެހި ލިރިކްސް
ޒާރާ މުޖުތަބާ
-
ޒާރާ މުޖުތަބާ ގެ ލަވަތައް
އެންމެ މަގުބޫލު
1
ފިލާނެތޯ ލޯތަކުން މިފޫދޭ
2
ދޮން ކަނބުލޮ ނިދާލާށޭ
3
އިތުރު ރަސޫލާ
4
ނަބީ އަމީނޭ
5
ޙަސްބީ ރައްބީ ޖައްލަﷲ - حَسْبِیْ رَبِّی جَلَّ اللّٰہ
އެންމެ ފަހުގެ
1
ރީތީގެ ރާނީ އުޖާލާ
2
ކުރަންވީއޭ ދުޢާ
3
އޭނަބިއްޔާއޭ ސޮލާތާ
4
ޤައުމަށްޓަކާ ދީނަށްޓަކާ
5
އުދަރެސް
މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.
ހާދަ ހިތުގާ ޖެހޭ
ރާގު: -
ޅެން: ޅެންވެރިޔާ ނޭނގޭ
ދިމާވޭތޯއޭ ޔާރާ ހުރީމޭ މިރޭ
ވަޔާ ވިއްސާރަ ބޯކޮށް އައީމާ މިރޭ
ހާދަ ހިތުގާޖެހޭ ހަނދުމަވާތީ ރޮވޭ
ތެމެނީ އެހީވާށެ ރަޙުމުކުރޭ ޔާރާ މަގޭ
ކީއްވެގެން ހިތުގާ ނަފުރަތުގެ ހުޅު ރޯވަނީ
ވާންފެށީ ކެތްނުކުރެވޭނެ އަނިޔާ އަކީ
ދެން ޒަހަރުހެއްޔޭ މިއީ ދޭނެ ފަރުވާޔަކީ
ހާދަ ވޭނީ އަސަރު ކުރާތީ ރޯނަމޭ
ތެމެނީ އެހީވާށެ ރަޙުމުކުރޭ ޔާރާ މަގޭ
ބަލާލަން ޙާލު މިއުޅޭ އައީ ކާކުދެން
ބާރު އޮއެގާ މިބެހެނީ ހިތާޖާނު ދެން
ލޯމަރާލަން މިޖެހުނީ ހިތާމައިގަ ދެން
ހާދަވާތީއެ އަނިޔާ ނިދޭހޭ މިރޭ
ތެމެނީ އެހީވާށެ ރަޙުމުކުރޭ ޔާރާ މަގޭ
އާހުތަކުގާ މި އޮވެގެން ކުރާތީ ފިކުރު
ހަރުހިތެއްގާ ބަލަން ވީހެ ވޭތޯ އަސަރު
ހާދަ ނުރުހޭ ވަކިންވެސް ނުވާތީ ޚަބަރު
އިސްޖަހާލީ ބަލާލީމަ ހީވޭމިރޭ
ތެމެނީ އެހީވާށެ ރަޙުމުކުރޭ ޔާރާ މަގޭ