© ދިވެހި ލިރިކްސް
އެންމެ މަގުބޫލު
1
ފިލާނެތޯ ލޯތަކުން މިފޫދޭ
2
ދޮން ކަނބުލޮ ނިދާލާށޭ
3
އިތުރު ރަސޫލާ
4
ނަބީ އަމީނޭ
5
ކުރަންވީ ހަނދާނާއި ޒިކުރާތަކޭ މީ
އެންމެ ފަހުގެ
1
ރީތީގެ ރާނީ އުޖާލާ
2
ކުރަންވީއޭ ދުޢާ
3
އޭނަބިއްޔާއޭ ސޮލާތާ
4
ޤައުމަށްޓަކާ ދީނަށްޓަކާ
5
އުދަރެސް
މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.
އާބެރު ޓޮއް ޓޮއް ބާބެރު ޑަން ޑަން
ރާގު: އަމިއްލަ
ޅެން: ޅެންވެރިޔާ ނޭނގޭ
މަސަލަހުން ހަރުބީ އެ ފެށީމާ
ތަގުޑިއަށް އަޑު ބަދަލުކުރީމާ
ލަސްލަހުން އަޑުތައް އެކުވީމާ
ހަތަރު ބެރު ބުން ފާޅު ކުރީތާ
އާބެރު ޓޮއް ޓޮއް ބާބެރު ޑަން ޑަން
އާބެރު ޓޮއް ޓޮއް ބާބެރު ޑަން ޑަން
ފާޅުކޮށް އަހާށޭ
އާބެރު ޓޮއް ޓޮއް ބާބެރު ޑަން ޑަން
ބާރުލާ ކިޔާށޭ
އާބެރު ޓޮއް ޓޮއް ބާބެރު ޑަން ޑަން
އާބެރު ޓޮއް ޓޮއް ބާބެރު ޑަން ޑަން
ދެހަމަޔަށް އަޑުތައް ވަކިކޮއްފާ
ދެކުޅި އެކުގާ ދާނު ވެލީމާ
ދެކަކުލުން ފަހަތަށް ސޮއްސާލާ
ހެވިކަމުގެ ހުނަރެއް ދެއްކީތާ
އާބެރު ޓޮއް ޓޮއް ބާބެރު ޑަން ޑަން
އާބެރު ޓޮއް ޓޮއް ބާބެރު ޑަން ޑަން
ފާޅުކޮށް އަހާށޭ
އާބެރު ޓޮއް ޓޮއް ބާބެރު ޑަން ޑަން
ބާރުލާ ކިޔާށޭ
އާބެރު ޓޮއް ޓޮއް ބާބެރު ޑަން ޑަން
އާބެރު ޓޮއް ޓޮއް ބާބެރު ޑަން ޑަން
ގިގުނިއާ ތަކަހޮޅިތައް އަޅުވާ
އެމުނި މާފަތިތައް ކަރު އަޅުވާ
ދެބުމަޔަށް ހިމަ ކޫރު ދެމީމާ
އެކި ނެށުމުގާ ފަރިވެލަނީތާ
ރާވެރިން ރުކުގާ ތިބެ ބަލަނީ
ފަރު ހިލަން ހުރެ ގޮއްޔެ އެ ނަށަނީ
ޅިސްކޮށަން މާވަޑި ހުރެ ހެލެނީ
ދެބެރު ފުނަ އަޑު ރީތި ވީމާ
އާބެރު ޓޮއް ޓޮއް ބާބެރު ޑަން ޑަން
އާބެރު ޓޮއް ޓޮއް ބާބެރު ޑަން ޑަން
ފާޅުކޮށް އަހާށޭ
އާބެރު ޓޮއް ޓޮއް ބާބެރު ޑަން ޑަން
ބާރުލާ ކިޔާށޭ
އާބެރު ޓޮއް ޓޮއް ބާބެރު ޑަން ޑަން
އާބެރު ޓޮއް ޓޮއް ބާބެރު ޑަން ޑަން