އަދު މިވީ ކިއްހެދެން ހިތް ޖެހިލުންވަނީ
ހާމަކޮއްދޭން ދުލުން ހަމަ ބަސްހުއްޓެޔޭ
ނާޒުކީ ލޯވެސް އިޤުރާރު ވާހިތްވެޔޭ
ލޯބިވާވަރު ބުނަން ހާދަ ބޭނުންވެޔޭ
ބޭނުންވެޔޭ ބޭނުންވެޔޭ
ބޭނުމޭ ހާދަހާ ހިތް އުފާކޮއްހަދަން
ހިތްއެދޭ ވަރު މިއީ ހިތުގެ އިޙުސާސްތަކޭ
ލޯބިވާވަރު ބުނަން މިއަދު ޖެހިލުން ވުމުން
ލޯބި ސިއްރެއްގޮތަށް ނޭނގި އޮވެދާނެޔޭ
ލޯބި އޭރުން ހަމަ ބޭކާރުވެސް ވާނެޔޭ
ލޯބިވާވަރު ބުނަން ހާދަ ބޭނުންވެޔޭ
ބޭނުންވެޔޭ ބޭނުންވެޔޭ
އަދު މިވީ ކިއްހެދެން .......
ލާ އެ ނޭވާތަކުން މީރުވަސް ދޭނެޔޭ
ލޯދެކޭ ހުވަފެނުން ހަމަ ތަސައްވަރުވެޔޭ
އަބަދުވެސް ފެނިލުމުން ހިތްއުފާވެސްވެޔޭ
އަބަދުވެސް ގާތުގާ ހުންނަ ހިތްވެސްވެޔޭ
މަރުވެދާންދެންވެސް އެކުގާ އުޅޭހިތްވެޔޭ
ލޯބިވާވަރު ބުނަން ހާދަ ބޭނުންވެޔޭ
ބޭނުންވެޔޭ ބޭނުންވެޔޭ
އަދު މިވީ ކިއްހެދެން .......