އަކިރި ދެމޭ

ރާގު: އަމިއްލަ

އަކިރި ދެމޭ އަކިރި ދެމޭ
އަކިރި ދެމޭ އަކިރި ދެމޭ
ބަނޑު އަކިރި ދެމޭ ރާޅާ
ބަނޑު އަކިރި ދެމޭ ރާޅާ އެކީ

އަކިރި ދެމޭ އަކިރި ދެމޭ
އަކިރި ދެމޭ އަކިރި ދެމޭ
ބަނޑު އަކިރި ދެމޭ ރާޅާ
ބަނޑު އަކިރި ދެމޭ ރާޅާ އެކީ

ދެއަތަށް ޖެހޭ ދެފުށަށް ޖެހޭ
ފެހިޖަހަން ފުރުސަތު ނުދޭ
ބާރެއްނެތޭ އަމިއްލަ ޒާތުގާ

އަކިރި ދެމޭ އަކިރި ދެމޭ
އަކިރި ދެމޭ އަކިރި ދެމޭ
ބަނޑު އަކިރި ދެމޭ ރާޅާ
ބަނޑު އަކިރި ދެމޭ ރާޅާ އެކީ

ހެދި އަރާ ފަޅުމަތީ ކުރިތައްފަޅާ
އެކިކުލައިން ފޭރާން އަޅާ
ހެދިއަރާ ފަޅުމަތީ ކުރިތައް ފަޅާ
އެކިކުލައިން ފޭރާން އަޅާ
އެހެނިހެން ގާގަލުގެ ބައްޓަން މާ ހުތުރު ވެފާ
މާ ސަޅިވަނީ މާ މޮޅޭ ހިތާ

އަކިރި ދެމޭ އަކިރި ދެމޭ
އަކިރި ދެމޭ އަކިރި ދެމޭ
ބަނޑު އަކިރި ދެމޭ ރާޅާ
ބަނޑު އަކިރި ދެމޭ ރާޅާ އެކީ

ދާދި ކުރު އުމުރެއް ލިބިފައިވާކަން
ނުވިސްނާ އިނދެވުނޭ
ދާދި ކުރު އުމުރެއް ލިބިފައިވާކަން
ނުވިސްނާ އިނދެވުނޭ
އޮއިވަރުގެ ކުޑަކުޑަ ބާރަކުންވެސް ކުނޑި ނޭޅިދޭ ބިންގަނޑަށް
ދެންނަގާ ރާޅާ އެކީ ގޮނޑުދޮށަށް ގެންގޮސް ހަމަ
ބަނޑު އަކިރި ކަމުގައިތާ ދޭ

އަކިރި ދެމޭ އަކިރި ދެމޭ
އަކިރި ދެމޭ އަކިރި ދެމޭ
ބަނޑު އަކިރި ދެމޭ ރާޅާ
ބަނޑު އަކިރި ދެމޭ ރާޅާ އެކީ

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

info@dhivehilyrics.com

އިން

އެކު