© ދިވެހި ލިރިކްސް
އެންމެ މަގުބޫލު
1
ދޮން ކަނބުލޮ ނިދާލާށޭ
2
އިތުރު ރަސޫލާ
3
ފިލާނެތޯ ލޯތަކުން މިފޫދޭ
4
އިސްނެންގެވި މާތްވީ ސާހިބުން
5
އެ މުޙައްމަދުލް އަމީނޭ
އެންމެ ފަހުގެ
1
ރީތީގެ ރާނީ އުޖާލާ
2
ކުރަންވީއޭ ދުޢާ
3
އޭނަބިއްޔާއޭ ސޮލާތާ
4
ޤައުމަށްޓަކާ ދީނަށްޓަކާ
5
އުދަރެސް
މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.
އަންނަ ހިނދުގާ ރޯޅިވައި
ރާގު: ޖަބް ޗަލީ ތަންޑީ ހަވާ
ޅެން: ޅެންވެރިޔާ ނޭނގޭ
އަންނަ ހިނދުގާ ރޯޅިވައި
ފެންނަ ހިނދު ވާރޭ ވިލާ
ހިތްއެދޭ ޔާރާ މަގޭ
އަސްތާ ހަނދާންވޭ
އަންނަ ހިނދުގާ ރޯޅިވައި
ފެންނަ ހިނދު ވާރޭ ވިލާ
ހިތްއެދޭ ޔާރާ މަގޭ
އަސްތާ ހަނދާންވޭ
ވިންދަކީ މޭގާ މިވާ
އާދެ ތިޔަ ލޯތްބޭ ޔަޤީން
އިންތިޒާރޭ ކުރެވެނީ
އިންތިޒާރޭ ކުރެވެނީ
ކިޔާދެވޭނޭތޯ ދުލުން
ޙާލު ލޯބީގާ މިހެން
ހިތް އުދާސްވާތީ މިރޭ
ހިތް އުދާސްވާތީ މިރޭ
އޭ ވަޔާއޭ ދޭ ތިބާ
ރާގުތައް ލޯބިން ކިޔާ
އޭނަޔަށް އިއްވާލަދީ
އަސްތާ ހަނދާންވޭ
އަންނަ ހިނދުގާ ރޯޅިވައި
ފެންނަ ހިނދު ވާރޭ ވިލާ
ހިތްއެދޭ ޔާރާ މަގޭ
އަސްތާ ހަނދާންވޭ
އޭ ހިތާއޭ މޭތެރޭ
ކީއްވެ ތިޔަ ތެޅެނީ ބުނޭ
ވޭން ނުދޭށެ އިޝްޤުގާ
ވޭން ނުދޭށެ އިޝްޤުގާ
ލޯބިވެރިޔާ ވީތަނެއް
ގައިމުދެން ބުނެދޭނުތޯ
ފިސްވަނީއޭ މޭ މަގޭ
ފިސްވަނީއޭ މޭ މަގޭ
ކެތްނުވާނޭ ލޯބިވާ
ހިތް ނުތަޅުވާށޭ މަގޭ
ލޯބިދޭން އާދޭ ކަލާ
އަސްތާ ހަނދާންވޭ
އަންނަ ހިނދުގާ ރޯޅިވައި
ފެންނަ ހިނދު ވާރޭ ވިލާ
ހިތްއެދޭ ޔާރާ މަގޭ
އަސްތާ ހަނދާންވޭ