އަސްލު އަތުގާ ބީހިލާ ބޮސްދީ ހަދާހާ ލޯބިވޭ

ރާގު: ރަފްތާ ރަފްތާ ވޯ މެރީ ހަސްތީކަ ސާމާން ހޯގައޭ

އަސްލު އަތުގާ ބީހިލާ ބޮސްދީ ހަދާހާ ލޯބިވޭ
ނުރުހުނަސް ކަނދުރާ އޮމާން ފިރުމާލެވޭހާ ލޯބިވޭ

ލޫދިފާ ދެކަކޫ މަތީ ތިޔަ އަރިހަށޭ ދާހިތްވަނީ
ކަށިތަކާ ޖަންގަލި ތެރޭ ފިރުކިފަ ދެވޭހާ ލޯބިވޭ

ޚިޔާލު ގިނަ ހިތުގާ ހިނގާ ބޭޒާރުވާހިނދު ދޫކުރިން
އާހުގާ ކަރުނުން ދެލޯ ފުރި ގިސްލެވޭހާ ލޯބިވޭ

ހިތްނަގާ ބެލިޔަސް ހެވޭ ނުރުހުން ވުމުން ހައިރާންވެޔޭ
ހަމަ ޔަޤީން މަރު ވާނެޔޭ މަރު ގައިމުވާހެން ލޯބިވޭ

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

info@dhivehilyrics.com

އިން

އެކު