© ދިވެހި ލިރިކްސް
އެންމެ މަގުބޫލު
1
ދޮން ކަނބުލޮ ނިދާލާށޭ
2
އިތުރު ރަސޫލާ
3
އިސްނެންގެވި މާތްވީ ސާހިބުން
4
އެ މުޙައްމަދުލް އަމީނޭ
5
ފިލާނެތޯ ލޯތަކުން މިފޫދޭ
އެންމެ ފަހުގެ
1
ޤައުމަށްޓަކާ ދީނަށްޓަކާ
2
އުދަރެސް
3
އޭނަބިއްޔާއޭ ސޮލާތާ
4
ފަތިހުގެ މުދިމާ ބަންގި ދިނީމާ
5
ވަޑައިގަންނަވާށޭ ކުލާހަށް އަސާސީ
މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.
ދިވެހި ބިން މީ އުފަން މަގޭ ބިން
ރާގު: -
ޅެން: ޔޫސުފް މުޙައްމަދު ފުޅު
ދިވެހި ބިން މީ އުފަން މަގޭ ބިން
ލެވުނު ފުރަތަމަ ނޭވާ މަގޭ ބިން
އެ ބިމަކަށް އެންމެ ފަހުގެ ވިންދާ
ދޫކޮށްލަދޭނޭ ނޭވާ މަގޭ ބިން
މޫރިތި ވިލާ ރަތް ލާހާ ހިނދެއްގާ
ފުރިހަމަ ހަނދުން އަލި ފޮނުވޭ ތަނެއްގާ
މަލަރީތި ނިޔަނެތި ރަށްތަކު ތެރޭގާ
ހުވަފެން ތަކުން ހިތް ފަރިކޮށްލަދޭ ބިން
ރިހި ދޮންވެލީގާ ވީ ސާފުކަމަކުން
އަލި މޫދަކުން ގެނުވި ސާފު ކަމަކުން
އުޅުމާ ހިތާ ސާފުކަން މަގޭ ބިން
ފަރިކަމަށްވީ ތޯހިރު ދިވެހި ބިން
ގުޅިގެންނެ އުޅުނީ ތަބީއަތެއްގާ
ސުލްޙައިގެ ރާޅާ އޮޔާއި ވައިގާ
ވީތީ މިބިމުގާ ދިވެއްސަކަށް ދެން
އަބަދަށްޓަކާ ފަޚުރުވެރިވެވޭ ބިން
ބޭނުންކުރީ ނަލަ ރާއްޖޭގެ ވައިފެން
ބޭނުން ޣިޒާއެއް ތިމާވެށިން ދިން
ނިޢުމަތްތަކަށް އެއްގަމާއި ކަނޑުދިން
ޝުކުރުން ހިތާމޭ ފުރާލަދޭ ބިން