© ދިވެހި ލިރިކްސް
އެންމެ މަގުބޫލު
1
ފިލާނެތޯ ލޯތަކުން މިފޫދޭ
2
ދޮން ކަނބުލޮ ނިދާލާށޭ
3
ނަބީ އަމީނޭ
4
އިތުރު ރަސޫލާ
5
ޙަސްބީ ރައްބީ ޖައްލަﷲ - حَسْبِیْ رَبِّی جَلَّ اللّٰہ
އެންމެ ފަހުގެ
1
ރީތީގެ ރާނީ އުޖާލާ
2
ކުރަންވީއޭ ދުޢާ
3
އޭނަބިއްޔާއޭ ސޮލާތާ
4
ޤައުމަށްޓަކާ ދީނަށްޓަކާ
5
އުދަރެސް
މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.
ދިވެހިރާއްޖޭގެ މާޙައުލަކީ
ރާގު: -
ޅެން: ޅެންވެރިޔާ ނޭނގޭ
ދިވެހިރާއްޖޭގެ މާޙައުލަކީ
ދެވަނައެއް ނެތް ނަމޫނާއެކޭ
ދިވެހި ޖައްވުން ވިދާ ޤުދުރަތީ
ރިވެތި އަގުމާތްވި ހަދިޔާއެކޭ
ސާފު މޫދާ ކަނޑާ ފަޅުތަކާ
ސާފު ދޮންވެލި މި ގޮނޑުދޮށްތަކާ
ސާފު ކުލަ ރީތި ފުން ވިލުތަކުން
ހާމަކޮށްދޭ އެތައް އުފަލެކޭ
މަލަ އެހާ ޗާލު ފެހި ގަސްތަކާ
ނަލަ އެހާ ދިގު ދިވެހި ރުއްތަކާ
މަލަމަތިން ފެންނަ ކުދި ރަށްތަކުން
ނަލަވެގެން ވާނެ މާޙައުލެކޭ
ޢަދުލު އިންސާފު ފުރިހަމަ ކަމާ
ބަދަލުހިފުމެއް ނުވާ ވެރިކަމާ
އަދު ސިޔާސީ އެ މިނިވަން ކަމުން
އަދުގެ ދުނިޔޭން ވިދާ ތަރިއެކޭ