ދުރުދުރުގަ ތިޔަހެން ނޫޅެ ކަލާ
ސިއްރެއް ބުނާނަން އާދެބަލާ
ކުޑައިރު ހިތުން ލޯބިވީ
ބޮޑުވިމާތޯ ލީ ފަހާ
ބޮޑު އޮޑިއެއް ދީ
ކަފަ ރޯލެއްދީ
ވަތުއޮޑިއެއް ދީ
މަރުތޭލެއް ދީ
ތިންރޭ ފެނުނޭ ހުވަފެނުގާވެސް
ބައްދަލުވާތީ މަހުޖަނަކާވެސް
ހާސް ކަނޑާށޭ ނޯ ޖެހީމޭ
ފައިސާއަށް ހިތް ޗޭންޖު ނުވާނޭ
އާލިޔާ އާ ދިޕިކާ ލާށެ އޮޅާ
ސަޅިކަމުގަ ތިވަރު ނުވާނެ ހުވާ
ދުރުދުރުގަ....
ބޭނުންނަމައީ ތާޖުމަހަލްގާ
ބާއްވާދޭނަން ރޯނު އެނދެއްގާ
ނާލާފުށްޓާ އިނގުރައިދޫއާ
ހިއްކައިދޭނަން އަމިއްލަ ޚަރަދުގާ
ގޯވިންދާ ރިތިކް ނުވާހެން ގަޔާ
ތެޅިފޮޅިފަ އެދުހު ނަށާނަން ހުވާ
ދުރުދުރުގަ....