އޭ ހާދަ އެދެން

އޭ ހާދަ އެދެން
އޭ ހާދަ އެދެން ތިޔަ މޫނު ދެކެން
ފަހެ ހިއްލާލަދީ ނިޤާބް
ޢާލަމް ޖަރީވެދާހާ
ވިދާލައޭ ނޫރާ ޝަބާބު

ބުލްބުލްގެ މަސްތު ނަޣްމާހެން
ރާނީގެ ހިމަ އަޑުން
އިއްވާލި ރީތި ރާގުންނޭ
ހައިރާންވެ ވީ އަޖާއިބް

ޖަންނަތުގެ ހޫރެކޭ ތިއީ
ނޫނީ ޕަރީއެކޭ
ފެނިފާ ތިބާ ހަނދޭ ލަދުން
މޫނޭ ކުރީ ޙިޖާބް

ފިނިފެންމަލުންހެ ތާޒާވީ
ފަހެ ހެއްދެވީ ކަލާ
ވަސްމީރުކޮށްފިޔޭ ފަޒާ
ދީފާނުހޭ ޖަވާބު

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

info@dhivehilyrics.com

އިން

އެކު