© ދިވެހި ލިރިކްސް
އެންމެ މަގުބޫލު
1
ދޮން ކަނބުލޮ ނިދާލާށޭ
2
ފިލާނެތޯ ލޯތަކުން މިފޫދޭ
3
ނަބީ އަމީނޭ
4
އިތުރު ރަސޫލާ
5
ޙަސްބީ ރައްބީ ޖައްލަﷲ - حَسْبِیْ رَبِّی جَلَّ اللّٰہ
އެންމެ ފަހުގެ
1
ރީތީގެ ރާނީ އުޖާލާ
2
ކުރަންވީއޭ ދުޢާ
3
އޭނަބިއްޔާއޭ ސޮލާތާ
4
ޤައުމަށްޓަކާ ދީނަށްޓަކާ
5
އުދަރެސް
މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.
އޭ ސާހިބާ ޢާލަމްތަކަށް
ރާގު: -
ޅެން: ޅެންވެރިޔާ ނޭނގޭ
އޭ ސާހިބާ އޭ ސާހިބާ
ޢާލަމްތަކަށް ރަޙްމަތެއްކަމުގާ
ވި މާތް ދޭހަށް އުފާތައް ގެންނަވާ
ޢާލަމްތަކަށް ރަޙްމަތެއްކަމުގާ
ވި މާތް ދޭހަށް އުފާތައް ގެންނަވާ
ނޫރުން މިވާހާތަނެއް ޒީނަތްވަނީ ފަށްފަށުން
ނޫރުން މިވާހާތަނެއް ޒީނަތްވަނީ ފަށްފަށުން
ރޫޙެއްގެ މާތް ސިއްރަކުންނޭ ތިޔައުފާ ދައްކަވާ
އޭ ސާހިބާ އޭ ސާހިބާ
ޢާލަމްތަކަށް ރަޙްމަތެއްކަމުގާ
ވި މާތް ދޭހަށް އުފާތައް ގެންނަވާ
ޖާހިލުކަމާ ޒުލްމު ނެއްތާލެއްވި އަތް ގިނަވެގެން
ޖާހިލުކަމާ ޒުލްމު ނެއްތާލެއްވި އަތް ގިނަވެގެން
ފާޙިޝްކަމާ އެކުވެގެން އައި ގޮތްތަކެއް ނެއްތަވާ
އޭ ސާހިބާ އޭ ސާހިބާ
ޢާލަމްތަކަށް ރަޙްމަތެއްކަމުގާ
ވި މާތް ދޭހަށް އުފާތައް ގެންނަވާ
ނާމާންކަމާ ބިރުތަކުން ޝިރުކުގެ އެ އާފާތްތަކުން
ނާމާންކަމާ ބިރުތަކުން ޝިރުކުގެ އެ އާފާތްތަކުން
އާފާޤުގާ ކަޅުވަމުން އައި އަނދިރިކަން ފިއްލަވާ
އޭ ސާހިބާ އޭ ސާހިބާ
ޢާލަމްތަކަށް ރަޙްމަތެއްކަމުގާ
ވި މާތް ދޭހަށް އުފާތައް ގެންނަވާ
އެންމެންތެރޭގާ ނުބައިކަން ދައުރުވާ ދުނިޔެއަށް
އެންމެންތެރޭގާ ނުބައިކަން ދައުރުވާ ދުނިޔެއަށް
ގެންނެވި ޝަރީޢަތުގެ އިސްލާޙުން އަމާން ދެއްވަވާ
އޭ ސާހިބާ އޭ ސާހިބާ
ޢާލަމްތަކަށް ރަޙްމަތެއްކަމުގާ
ވި މާތް ދޭހަށް އުފާތައް ގެންނަވާ
ހެޔޮ އެންމެ މާތް ނަސަބަކަށް މަންސޫގުވާ ދުނިޔެއިން
ހެޔޮ އެންމެ މާތް ނަސަބަކަށް މަންސޫގުވާ ދުނިޔެއިން
ހެޔޮ އެންމެ މާތް ތެދުމަގަށް މުސްލިމް އަޚުން ގެންދަވާ
އޭ ސާހިބާ އޭ ސާހިބާ
ޢާލަމްތަކަށް ރަޙްމަތެއްކަމުގާ
ވި މާތް ދޭހަށް އުފާތައް ގެންނަވާ
ކައުޘަރުގެ މާތްކަން އިތުރުވާ ގޮތްމަތިން ހިމެނިފާ
ކައުޘަރުގެ މާތްކަން އިތުރުވާ ގޮތްމަތިން ހިމެނިފާ
ޙައުޞާ ޝަފާޢާތުގެ ވެރިކަން ލިބިވަޑައިގަންނަވާ
އޭ ސާހިބާ އޭ ސާހިބާ
ޢާލަމްތަކަށް ރަޙްމަތެއްކަމުގާ
ވި މާތް ދޭހަށް އުފާތައް ގެންނަވާ
ބަޙުސެއް ނުކޮށް މާއިހަށް ގެންނެވި ރަސޫލާ ކަމަށް
ބަޙުސެއް ނުކޮށް މާއިހަށް ގެންނެވި ރަސޫލާ ކަމަށް
އަޙްބާރުނާ ރާހިބުން އަޚުބާރުތައް އަންގަވާ
އޭ ސާހިބާ އޭ ސާހިބާ
ޢާލަމްތަކަށް ރަޙްމަތެއްކަމުގާ
ވި މާތް ދޭހަށް އުފާތައް ގެންނަވާ
ހުންނެވި ޟަޢީފުވެ ޔަތީމީ ޙާލުގާ ދަންނަމީހުންނެތް
ޟަޢީފުވެ ޔަތީމީ ޙާލުގާ ދަންނަމީހުނާއި
މާދުރުތަނެއްގައި ޢިލްމުތައް ލައްވަވާ
އޭ ސާހިބާ އޭ ސާހިބާ
ޢާލަމްތަކަށް ރަޙްމަތެއްކަމުގާ
ވި މާތް ދޭހަށް އުފާތައް ގެންނަވާ
ޚަލްޤާއި ޚުލްޤުން މި މަޚުލޫޤުން ތެރަށް އިސްވެފާ
ޚަލްޤާއި ޚުލްޤުން މި މަޚުލޫޤުން ތެރަށް އިސްވެފާ
ސަލްޠިލްތައޭ ޙަޟްރަތުން ﷲ މާތް އިއްވަވާ
އޭ ސާހިބާ އޭ ސާހިބާ
ޢާލަމްތަކަށް ރަޙްމަތެއްކަމުގާ
ވި މާތް ދޭހަށް އުފާތައް ގެންނަވާ
މައުޞޫފު އިންޖީލުގާ ސާބިތުވިމާތް ކަންކަމުން
މައުޞޫފު އިންޖީލުގާ ސާބިތުވިމާތް ކަންކަމުން
ތައުރާތުގާ ލިޔެވިފާވެސް މާކުރީގާ އެވާ
އޭ ސާހިބާ އޭ ސާހިބާ
ޢާލަމްތަކަށް ރަޙްމަތެއްކަމުގާ
ވި މާތް ދޭހަށް އުފާތައް ގެންނަވާ
ޔަމްލޫއަކުން ފަންނުތައް ހޯދޭ މި ޙިކްމަތްތަކުން
ޔަމްލޫއަކުން ފަންނުތައް ހޯދޭ މި ޙިކްމަތްތަކުން
މަންފާތަކާ ލާބަ ތިޔަ ދާއިމްވެ ފޯރުއްވަވާ
އޭ ސާހިބާ އޭ ސާހިބާ
ޢާލަމްތަކަށް ރަޙްމަތެއްކަމުގާ
ވި މާތް ދޭހަށް އުފާތައް ގެންނަވާ
މުސްލިމްތަކުންނާ ހިނގާ ހަނގުރާމައިން އޭރުގާ
މުސްލިމްތަކުންނާ ހިނގާ ހަނގުރާމައިން އޭރުގާ
ދުޝްމިންވި މީހުން ފަހަށް ޙަމަލާތަކުން ޖައްސަވާ
އޭ ސާހިބާ އޭ ސާހިބާ
ޢާލަމްތަކަށް ރަޙްމަތެއްކަމުގާ
ވި މާތް ދޭހަށް އުފާތައް ގެންނަވާ
ފޯދޭ ބަގީޗާތަކުން ނިޢުމަތް ލިބޭ ހިންމަތުން
ފޯދޭ ބަގީޗާތަކުން ނިޢުމަތް ލިބޭ ހިންމަތުން
ހޯދޭ ނަތީޖާތަކެއްގާ އެންމެ އިސްނަންގަވާ
އޭ ސާހިބާ އޭ ސާހިބާ
ޢާލަމްތަކަށް ރަޙްމަތެއްކަމުގާ
ވި މާތް ދޭހަށް އުފާތައް ގެންނަވާ
ސުލްޙާއި މަޞްލަޙަތު ހުރިހާ ގޮތްގޮތުން ދެދުނިޔޭން
ސުލްޙާއި މަޞްލަޙަތު ހުރިހާ ގޮތްގޮތުން ދެދުނިޔޭން
ގުލްޒާރުގާ ފާޅުވާ އުލްފަތުގެ މާ ބިންނަވާ
އޭ ސާހިބާ އޭ ސާހިބާ
ޢާލަމްތަކަށް ރަޙްމަތެއްކަމުގާ
ވި މާތް ދޭހަށް އުފާތައް ގެންނަވާ
ބިންތައް ފުރޭހާ އިތުރު ޞަލަވާތަކުން ޙައްޤުވާ
ބިންތައް ފުރޭހާ އިތުރު ޞަލަވާތަކުން ޙައްޤުވާ
މިންނެތް ފަށުން ދޫތަކުން ތަކުރާރުކޮށް ދަންނަވާ
އޭ ސާހިބާ އޭ ސާހިބާ
ޢާލަމްތަކަށް ރަޙްމަތެއްކަމުގާ
ވި މާތް ދޭހަށް އުފާތައް ގެންނަވާ
ޢާލަމްތަކަށް ރަޙްމަތެއްކަމުގާ
ވި މާތް ދޭހަށް އުފާތައް ގެންނަވާ