ފާޅުގާ ދިން އަނިޔައިގާ

އައީ ލޯފުރާލާ މިހިތި ކަރުނައޭ
ވަނީއޭ މިނޭވާ ދަތިވެ އަރުތެރޭ

ފާޅުގާ ދިން އަނިޔައިގާ ފާރުވީ ލޯ ކަރުނައިގާ
ހިތްވަނީ މާޔޫސް ވާހާ ވޭނީ ހަނދުމައިގާ
ފާޅުގާ ދިން އަނިޔައިގާ ފާރުވީ ލޯ ކަރުނައިގާ
ހިތްވަނީ މާޔޫސް ވާހާ ވޭނީ ހަނދުމައިގާ
ފާޅުގާ ދިން އަނިޔައިގާ ފާރުވީ ލޯ ކަރުނައިގާ
ހިތްވަނީ މާޔޫސް ވާހާ ވޭނީ ހަނދުމައިގާ

ނޫވީތި އޯގާ ޙާލުގަ ޖައްސާ ނަގާލާފާ
ނޫވީތި އޯގާ ޙާލުގަ ޖައްސާ ނަގާލާފާ
ޒަޚަމް ކުރީމާ އޭރުގާ މަގޭ ހިތާ ޖާނާ
ބެހެން ދާތީ މަގޭ ނޭވާ އޮޔާ ރާޅާ
ނޫރު މިދެލޮލުން ކެނޑުނީމާ މޫނުވެ ކަފުނުން ފޮރުވީމާ
ކާކުހޭ ހަމްދަރްދުވާނީ ރޮއެރޮއެ ބިކަވީމާ
ފާޅުގާ ދިން އަނިޔާގާ ފާރުވީ ލޯ ކަރުނައިގާ
ހިތްވަނީ މާޔޫސް ވާހާ ވޭނީ ހަނދުމައިގާ

އަޅާ ވީމެއްނޫންތޯ ލޯބިން ވީހިއްސައިގާ
އަޅާ ވީމެއްނޫންތޯ ލޯބިން ވީހިއްސައިގާ
ވަނީ ދުވާލާ ރޭތަކޭ ނޭދޭ ހިތާމައިގާ
މަގޭ ޙާލެއް އަހާލާށޭ އަޖަލްގާވާ
ނާޒުކުވީ ހިތް މޭތެރޭވިޔެ ނާރުތައް ކެނޑިބުރިބެފާ
ރޯން އޮތީ ހިތް ފަޅިވެދާތީ ވީމާ އާވާރާ
ފާޅުގާ ދިން އަނިޔައިގާ ފާރުވީ ލޯ ކަރުނައިގާ
ހިތްވަނީ މާޔޫސް ވާހާ ވޭނީ ހަނދުމައިގާ
ފާޅުގާ ދިން އަނިޔައިގާ ފާރުވީ ލޯ ކަރުނައިގާ
ހިތްވަނީ މާޔޫސް ވާހާ ވޭނީ ހަނދުމައިގާ

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

info@dhivehilyrics.com

އިން

އެކު