ފަރިފަރި މޫނު ބަލާލާނީ
ރާގު: ގޮރި ތެރަ ގާއު ބަޅާ ޕިޔާރާ
ފަރިފަރި މޫނު ބަލާލާނީ
މޫނު ގަޔާވާނީ ހީލީމަ ރާނީ
މިހިތުގެ ޙާލު ބަޔާން ވާނީ
އައިމަ އުފާވާނީ ރީތީގެ ރާނީ
ފަރިފަރި މޫނު ބަލާލާނީ
މޫނު ގަޔާވާނީ ހީލީމަ ރާނީ
ހީލީމަ ރާނީ
ސާދަވިލޭރޭ މޫނު ނިވާކުރޭ
ނޫނީ ހަނދު ރަކިވާނޭ
ކަޅިރަވަ ސާދާ ލޯ ފެނުނީމާ
އެސްފީނާ ޖެހިދާނޭ
ފިނިފިނި އަތުގަ ހިފާލެވުނީ
ޙާލު އަހާލެވުނީ
ކީއްހޭ ކުރާނީ، ކީއްހޭ ކުރާނީ
ފަރިފަރި މޫނު ބަލާލާނީ
މޫނު ގަޔާވާނީ ހީލީމަ ރާނީ
ހީލީމަ ރާނީ
ވިންދު ޖަހަންޏާ ލާނަމެ
ނޭވާ ތަޢުރީފޭ ކުރެވޭނީ
ޖާދޫގާ ޖެހި ލޯބި ލިބޭތޯ
އާދޭހޭ ކުރެވޭނީ
ކުޑަކުޑަ ފުރުޞަތެކޭ ލިބުނީ
އަންނަ ތަނޭ ފެނުނީ
ސިހުމޭ ލިބޭނީ، ސިހުމޭ ލިބޭނީ
މިހިތުގެ ޙާލު ބަޔާން ވާނީ
އައިމަ އުފާވާނީ ރީތީގެ ރާނީ
ރީތީގެ ރާނީ
ފަރުދާ ވާތަން ކައިރިވެލީމާ
ހާދަ ފެނޭ ރަކިވާތީ
ހުރެވޭނޭހޭ ދުރުގަ ކަލާއާ
ހަނދުމަ އަބަދު އާވާތީ
އުނގުގާ އޮންނަ ހިތޭވާނީ
ކާކުބަ ތެދުވާނީ
އުފަލޭ ލިބޭނީ
އުފަލޭ ލިބޭނީ
ފަރިފަރި މޫނު ބަލާލާނީ
މޫނު ގަޔާވާނީ ހީލީމަ ރާނީ
މިހިތުގެ ޙާލު ބަޔާން ވާނީ
އައިމަ އުފާވާނީ ރީތީގެ ރާނީ
މްމްމްމް އޯއޯއޯ.............