© ދިވެހި ލިރިކްސް
އެންމެ މަގުބޫލު
1
ފިލާނެތޯ ލޯތަކުން މިފޫދޭ
2
ދޮން ކަނބުލޮ ނިދާލާށޭ
3
އިތުރު ރަސޫލާ
4
ނަބީ އަމީނޭ
5
ޙަސްބީ ރައްބީ ޖައްލަﷲ - حَسْبِیْ رَبِّی جَلَّ اللّٰہ
އެންމެ ފަހުގެ
1
ރީތީގެ ރާނީ އުޖާލާ
2
ކުރަންވީއޭ ދުޢާ
3
އޭނަބިއްޔާއޭ ސޮލާތާ
4
ޤައުމަށްޓަކާ ދީނަށްޓަކާ
5
އުދަރެސް
މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.
ފަށަން
ރާގު: އަމިއްލަ
ޅެން: ޅެންވެރިޔާ ނޭނގޭ
ދިއްތުނޑި ވަލުން ކާށިހޮވަން
ދިއްލާލީ ގޮސް އޮއްވާ ހޭޅިމަތިން
ފުރަމުން މިދަންވަރު ދަތުރު ފަށަން
ފުނަ، ކާނި، ހިރުނދު ލަކުޑި ކަނޑަން
މާވަޑިޔާ ފުރޯނަގާ
މާބެ އަތުން ތަވީދާ
އާރުލާ ރުކެއް ކަނޑާ
ބާރުލާ އުޅެންޏާ
ހޮނިހިރު ކުރިން ރަށަށް އަރާ
ފޮނިކީރު ކޭލުން ފަށަންލާ
އިރުވަރުބަލާ މުޑިޖަހާ
ހިއްލާލީ ފެށުމެއް ބާރުލާ
އަނހާ ދަރިޔާ ކޮށާލާ
ހަނިއަރިއަށް ދަމާލާ
ހިލި ވަރުވަރު ކޮބައިބާ
މިހިރަ ގޮފިން ބިންދާލާ
ފޮނުވަތު ބުޑުން ވަކަރު ޖައްސާ
ބާރުލާފަ ވަލައް ދަމާލާ
އުއިރޮދި ދަމާ ކިހަން ފަށާ
ހުރިވަރު ކުލައިން ދައްކާލާ
ދިއްތުނޑި ވަލުން ކާށިހޮވަން
ދިއްލާލީ ގޮސް އޮއްވާ ހޭޅިމަތިން
ފުރަމުން މިދަންވަރު ދަތުރު ފަށަން
ފުނަ، ކާނި، ހިރުނދު ލަކުޑި ކަނޑަން
ދޯނި ހުރީ ނިމިފަތާ
ހޯދިވަލުން ކަނދުހޮވާ
މޫދުގާ ޖައްސާލާ
ނޫރާޅުގަ ފަށަންލާ
ދޯނި ހުރީ ނިމިފަތާ
ހޯދިވަލުން ކަނދުހޮވާ
މޫދުގާ ޖައްސާލާ
ނޫރާޅުގަ ފަށަންލާ