ފީނާށެ ޖެހުނީ

ފީނާށެ ޖެހުނީ.. ފީނާށެ ޖެހުނީ ލޯބީގެ ކަނޑުގާ އަނާ
އެހިޔާލުތަކޭ ހިނގަނީ މިހިތުގާ އަނާ،
އަނާ އެހިޔާލުތަކޭ ހިނގަނީ މިހިތުގާ އަނާ
އުންމީދާ ޝުއޫރުތަކުގާ ޒަހުމާ ރިހުންވެޔޭ
ދުލުގާވާ ތިބާގެނަމުގާ އަލިފާން ރޯވިޔޭ
ނޭވާހިނގުން ދަތިވީމާ މިސްރާބުގެއްލުނީ
އެހެނަސް މިހިތުގެ ނޭވާ ބޭނުންވޭ އަނާ
އެހިޔާލުތަކޭ ހިނގަނީ މިހިތުގާ އަނާ،
އަނާ އެހިޔާލުތަކޭ ހިނގަނީ މިހިތުގާ އަނާ

އިންސާފަކީ ކޮބައިކަން ލޯބީގެ ފާލުގާ
ނޭނގިގެން މިއަޅާ ލާޗާރުވީ އާހުގާ
ގުލްޝަންއެކީ މިލައިގެން ދިޔައީއެ ހޫނުގާ
އުލްފަތުގެ ފޮނި ހިތިވީމާ ނިކަމެތި މިދޭހުގާ
ޖިސްމެއްގެ ގޮވުމާ އެދުމޭ ނާކާމިޔާބުވީ
އިޝްޤީއުފާ މިލޭގާ ހުސްކުލަ ތަކޭ ފެވީ
އުދަރެސް މިހާރު ބަނަވީ ކަޅުބޯވިލާތަކުން
މޫސުން ބަދަލުވީތާއޭ އަތުން ދޫމިވީ
ކެތްތެރި ވެގެން ހުރީމާ..
ކެތްތެރިވެގެން ހުރީމާ ހާސިލްވީ އިނާމުމީ
އެހެނަސް ފަނާވެދާނީ ތިޔަ އަސަރުގާ އަނާ
އެހިޔާލުތަކޭ ހިނގަނީ މިހިތުގާ އަނާ
ފީނާށެ ޖެހުނީ ލޯބީގެ ކަނޑުގާ އަނާ
އެހިޔާލުތަކޭ ހިނގަނީ މިހިތުގާ އަނާ،
އަނާ އެހިޔާލުތަކޭ ހިނގަނީ މިހިތުގާ އަނާ

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

info@dhivehilyrics.com

އިން

އެކު