ފެނުނީ ހާދަ ބޭނުންވާ ތަސްވީރެކޭ

ފެނުނީ ހާދަ ބޭނުންވާ ތަސްވީރެކޭ
ހޯދަން ލޯއެދޭނެ ރީތި މޫނެކޭ
މީ ތަޤުދީރުހޭ މީ ތަޤުދީރުހޭ
ފެނުނީ ހާދަ ބޭނުންވާ ތަސްވީރެކޭ
އަދި ހޯދަން ލޯއެދޭނެ ރީތި މޫނެކޭ
މީ ތަޤުދީރުހޭ މީ ތަޤުދީރުހޭ

މަޑުމަޑުން ދެން ހަނދުފިލާނޭ
ދުނިޔެ ނުނިދާ ހެކިވެދޭނޭ
ގާތުގާވުން ހިތްއެދޭނޭ
ހީވޭ ހިތްއެދޭނޭ ތަދުބީރަކީ
ފެނުނީ ހާދަ ބޭނުންވާ ތަސްވީރެކޭ
މީ ތަޤުދީރުހޭ މީ ތަޤުދީރުހޭ

މަސްތު ލޯބީގާ ވެވޭނޭ
މޫސުމާ އެކު ގޮސް ނިމޭނޭ
ދުނިޔެ މިދެކޭ މީ އުސޫލޭ
އަސްތާ ލޯބި މިގޮތަށް ނިމިގެން ވާނެހޭ
ފެނުނީ ހާދަ ބޭނުންވާ ތަސްވީރެކޭ
މީ ތަޤުދީރުހޭ މީ ތަޤުދީރުހޭ

ނޭގެނީހޭ ކަންހިނގާގޮތް
ސަބަބު ނެތިވެސް ވަކިވެދާނޭ
ހީވަނީހޭ ވަކިވެދާނޭ
ތިޔައީ ލޯބި ލިބިދޭނޭ ތަދުބީރެކޭ
ފެނުނީ ހާދަ ބޭނުންވާ ތަސްވީރެކޭ
މީ ތަޤުދީރުހޭ މީ ތަޤުދީރުހޭ
މީ ތަގުދީރުހޭ

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

info@dhivehilyrics.com

އިން

އެކު