ހިތާމައިގެ ކަނޑުގާ

ރާގު: އަމިއްލަ

ހިތާމައިގެ ކަނޑުގާ އޮޔާ ވައި ތެރޭގާ
ފެތީމޭ ލިބޭތޯ ކަލާގެ ހިތް އެކީގާ
ހިތާމައިގެ ޝަކުވާ އަހާ ރޯންޖެހޭތީ
ނިދީމޭ ފެނޭތޯ ކަލާ ހުވަފެނެއްގާ

އެތައް ރޭގެ ލޯބީގެ ދިގު އިންތިޒާރުން
ހިތަށް ކެތްނުވާތީ ލިބޭހާ ތުރާލުން
އަތާ އަތް ގުޅާލާ ކިޔާދިން އެ ރާގުން
އުރާލާ ހެދީމޭ އެރޭ ދާދި ގާތުން
ހިތާމައިގެ ކަނޑުގާ އޮޔާ ވައި ތެރޭގާ
ފެތީމޭ ލިބޭތޯ ކަލާގެ ހިތް އެކީގާ

ކަރާކަރު މަހާލާ އެރޭކުރި ސަލާމުން
ހިތަށް ކެއްނުވާހާ އުފާލިބުނު ހާހުން
ހުވާ ވައުދު އަހުދުން ޖަރީވެވުނު ހާރުން
ގަތާލެވުނު މާތައް ވެގެން މޯޅި ދިއުމުން

ހިތާމައިގެ ފަރުދާ ކަހާލަން އެދޭތީ
ހުރީމޭ އެހީއެއް ލިބޭތޯ މޮޅީގާ
ހިތާމައިގެ ކަނޑުގާ އޮޔާ ވައި ތެރޭގާ
ފެތީމޭ ލިބޭތޯ ކަލާގެ ހިތް އެކީގާ
ހިތާމައިގެ ޝަކުވާ އަހާ ރޯންޖެހޭތީ
ނިދީމޭ ފެނޭތޯ ކަލާ ހުވަފެނެއްގާ

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

info@dhivehilyrics.com

އިން

އެކު