© ދިވެހި ލިރިކްސް
އެންމެ މަގުބޫލު
1
ދޮން ކަނބުލޮ ނިދާލާށޭ
2
އިތުރު ރަސޫލާ
3
ފިލާނެތޯ ލޯތަކުން މިފޫދޭ
4
ނަބީ އަމީނޭ
5
އެ މުޙައްމަދުލް އަމީނޭ
އެންމެ ފަހުގެ
1
ރީތީގެ ރާނީ އުޖާލާ
2
ކުރަންވީއޭ ދުޢާ
3
އޭނަބިއްޔާއޭ ސޮލާތާ
4
ޤައުމަށްޓަކާ ދީނަށްޓަކާ
5
އުދަރެސް
މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.
ހިތަކުން ފިލާ ނުދާނޭ
ރާގު: ވޯ ދިލް ކަހާނސެ ލާއޫނ ތެރި ޔާދް ޖޯ ބުލާއޭ
ޅެން: ޅެންވެރިޔާ ނޭނގޭ
ހިތަކުން ފިލާ ނުދާނޭ، އެޚިޔާލުތައް ހަނދާނުން
އެޚިޔާލު ދިން ޒުވާނާ، ފަހެ ރާސްތާ ކޮބައިހޭ
ހިތަކުން ފިލާ ނުދާނޭ، އެޚިޔާލުތައް ހަނދާނުން
ލިބިދޭށެ ހިތުގެ ވޭނީ، ޒަޚަމަށް ޝިފާ މި ދަންވަރު
މިގޮތުން ލިބެން ނެތިއްޔާ، ހުވަފެންތަކުން ލިބޭނދޭ
ހިތަކުން ފިލާ ނުދާނޭ، އެޚިޔާލުތައް ހަނދާނުން
ތެޅި ހިތް މި ލޯބި އެދުނީ، ކިޔައިދިނީމަ ވީ ނުބައިހޭ
ކުށެކޭ ޤަބޫލު ކުރަމޭ، އެހެނަސް ސަޒާ ނުދޭށޭ
ހިތަކުން ފިލާ ނުދާނޭ، އެޚިޔާލުތައް ހަނދާނުން
އެޚިޔާލު ދިން ޒުވާނާ، ފަހެ ރާސްތާ ކޮބައިހޭ
ހިތަކުން ފިލާ ނުދާނޭ، އެޚިޔާލުތައް ހަނދާނުން