ހިތި ވޭނެއްގާ ކަތި ޚިޔާލެއްގާ
ނެތިވެއްޖެ އުފާ ދަތި ހާލެއްގާ
އަދު އެ ހަންދާން އާވެ ކުރާށޭ
އިންސާފަށް ލޯބި ކުރާށޭ
ލޯބީގެ ހަޤީގީ އާލަމުގާ
ތަރިތަށް އެ ފެއްނަހެން ހަންދުވަރުގާ
ކިޔަމަންކޮށް ލޯބިން ފަޅު ހިތުގާ
ކުރެހީ ތަސްވީރު ކަލާއޭ
އިންސާފަށް ލޯބި ކުރާށޭ
ނުހަދާށޭ ދެން ހަމަ ކުޅިވަރަކަށް
ލޯބީގެ ކުލަ ނުވާ މަންޒަރަކަށް
ލައްޒަތުގެ ހަމަ ހިމޭން މަންޒިލަކަށް
އެދުނީ ވިސްނާށެ ކަލާއޭ
އިންސާފަށް ލޯބި ކުރާށޭ
ހިތި ވޭނެއްގާ ކަތި ޚިޔާލެއްގާ
ނެތިވެއްޖެ އުފާ ދަތި ހާލެއްގާ
އަދު އެ ހަންދާން އާވެ ކުރާށޭ
އިންސާފަށް ލޯބި ކުރާށޭ