ހިތުގާ މިއަދާ ގިނީގާ އިޤުރާރު ވެދާނަމޭ
މިތުރާ ލިބުމުން އެވާފަދަ އުފަލެއް އޮންނާނޭބާ
ސިހުރެއްފަދައިން ޖެހޭހަމަ ކޯތާފަތެކޭ ވިދާ
ރިހުމެއް އުފެދުން މިލޭގާތިޔަނަން ނުވެދާނޭބާ
މޫނެއް ފަރި ކުލައެއަރާ ހޫރެއްހާ އަލިވި ކޮލާ
މޫނެއް ފަރި ކުލައެއަރާ ހޫރެއްހާ އަލިވި ކޮލާ
ނޫނޭ އަލިކަން ވިދާލާ އަލިވޭ ހެވުނަސް ކަލާ
ތޫނޭ ދެލޮލުން ދެކޭ ނަލަ މަލަކުން ފެންނާނޭބާ
ހިތުގާ މިއަދާ ގިނީގާ އިޤުރާރު ވެދާނަމޭ
މިތުރާ ލިބުމުން އެވާފަދަ އުފަލެއް އޮންނާނޭބާ
މަރުވާވަރު ހިތް މިވަނީ ތަދުވާވަރު މޭގަ ވަނީ
މަރުވާވަރު ހިތް މިވަނީ ތަދުވާވަރު މޭގަ ވަނީ
ކަރުވާ ހިޔަކަސް ވެހޭހާ ވާރޭން ތެމިގެން ދަނީ
ބަރުބާދުވެދާނެހެން މުޅި ޖާނަށް އަނިޔާ މިވަނީ
ހިތުގާ މިއަދާ ގިނީގާ އިޤުރާރު ވެދާނަމޭ
މިތުރާ ލިބުމުން އެވާފަދަ އުފަލެއް އޮންނާނޭބާ
ސިހުރެއްފަދައިން ޖެހޭހަމަ ކޯތާފަތެކޭ ވިދާ
ރިހުމެއް އުފެދުން މިލޭގާ ތިޔަނަން ނުވެދާނޭބާ