ހިތް ނުރޮއްވާ

ރާގު: ތުމްސޭ މިލްކޭ

ހިތް ނުރޮއްވާ
ކުށަކާނުލާ ހިތް ނުރޮއްވާ
ނުރުހުން ނުވޭ ލޯބި ދީފާ
ނިމިދާނެ ޖާނާ ހިތާ
ފަރިފަރިފަރި ސާދާ ހިނިތުންވުމާ
ރީތި ނަލަނަލަ އަޑުން ކީ ސަނާ
ހިތަކުން ނުދާނޭ ފިލާ

ރޭރޭ ނިދިން ހޭލައްވަނީ ޔާރާގެ ހުވަފެންތަކުން
ދާހިތްވަނީ ދެކިލާށެ އަދު ހިތްއެދި ގޮވާތީ މިހާރު
ރޭރޭ ނިދިން ހޭލައްވަނީ ޔާރާގެ ހުވަފެންތަކުން
ދާހިތްވަނީ ދެކިލާށެ އަދު ހިތްއެދި ގޮވާތީ މިހާރު
ފަރިކަން ތި ޝާހީ ލޮލާ
ހިތަކުން ނުދާނޭ ފިލާ
ހިތް ނުރޮއްވާ .............

ލޯބިން މިިތް ޣާފިލްވެގެން އަބަދަށް ކުރިން އިންތިޒާރު
މޭގާ ޖަހާ ވިންދާއެކީ އަދިވެސް އިވޭތީ ތިނަން
ލޯބިން މިިތް ޣާފިލްވެގެން އަބަދަށް ކުރިން އިންތިޒާރު
މޭގާ ޖަހާ ވިންދާއެކީ އަދިވެސް އިވޭތީ ތިނަން
ކުރިހާ އެވަޢުދާ ހުވާ
ހިތަކުން ނުދާނޭ ފިލާ
ހިތް ނުރޮއްވާ .............

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

info@dhivehilyrics.com

އިން

އެކު