ލިރިކްސް

ކިޔުންތެރިން

އަލްބަމް

ޅެންވެރިން

90601400059341000

ސައިޓަށް ފައިސާގެ އެހީ ދެއްވުމަށް!

އިސްރާގެ ވެރިޔާއޭ

ރާގު: އެކް ޕިޔާރ ކަ ނަގްމާހޭ

ލައްވަވާންދޭން ސަލާމް، މާތް ޞަލާތާ ސަލާމް އިސްރާގެ ވެރިޔާއޭ، މިޢުރާޖުވި ނަބިއްޔޭ ތީ ދެއްވި މާތް ޝަރަފު ކައު ޙަޟްރަތުން ލޮބުވެތިވީ ރަސޫލޭ ތީ ލައްވަވާންދޭން ސަލާމް، މާތް ޞަލާތާ ސަލާމް މިޢުރާޖުގެ މާތް ރޭގާ، އުޑުތައް މި ބިމާ ކައުނާ ޒީނަތްވީ ޝަރަފުގައޭ، ޠޯހާ އަށަ ލޯބިންނޭ ކީރިތި މާތްވީ ހުރިހާ، ރުސުލުންގެ އިމާމޭތީ ދެއްވި މާތް ޝަރަފު ކައު ޙަޟްރަތުން ލޮބުވެތިވީ ރަސޫލޭ ތީ ލައްވަވާންދޭން ސަލާމް، މާތް ޞަލާތާ ސަލާމް އުޑުގާވި މަލަކުންނާ، ރުސުލުންނާ ނަަބިއްޔުންނާ ބައްދަލުވެ ވަޑައިގަތުމީ، ޠޯހާގެ ކަރާމާތޭ ޢާލަމްގެ އެ މަލަކޫތީ މާތްވީ މެހުމާނޭ ތީ ދެއްވި މާތް ޝަރަފު ކައު ޙަޟްރަތުން ލޮބުވެތިވީ ރަސޫލޭ ތީ ލައްވަވާންދޭން ސަލާމް، މާތް ޞަލާތާ ސަލާމް ދީދާރު ދެއްކެވިޔޭ ﷲގެ ނޫރާނީ މާތް ކީރިތި ޙަޟްރަތުގައި ވީ މާތް މަހުބޫބޭތީ ތަޢުރީފުގެ ވެދުމޭމީ ﷲގެ ހަބީބޭތީ ދެއްވި މާތް ޝަރަފު ކައު ޙަޟްރަތުން ލޮބުވެތިވީ ރަސޫލޭ ތީ ލައްވަވާންދޭން ސަލާމް، މާތް ޞަލާތާ ސަލާމް

ކިޔުންތެރިން

ކިޔުންތެރިޔާ ނޭނގޭ

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

info@dhivehilyrics.com

އިން

އެކު