އިސްތަށިން މޫނުތި ފޮރުވާލީހޭ

އިސްތަށިން މޫނު ތިފޮރުވާލީހޭ ރީތި ހީލުމެކެ ނުފޮރުވާލާށޭ (2) ބީހިލަން މޫނު ތި ލިބިދާނެހެ އަންނާށެ ރުހެން (2) ގާތުގާ ލޯބި ކުރަން ސޫރަ ތި ހުރެދޭށެ ލަދުން (2) އިސްޖެހީ މޫނު މަށަށް ފޮރުވަންހޭ ރީތި ހީލުމެކެ ނުފޮރުވާލާށޭ އިސްތަށިން މޫނު ތިފޮރުވާލީހޭ ރީތި ހީލުމެކެ ނުފޮރުވާލާށޭ އޮއްސުނީ ރީތި ހަނދޭ ފެނުފަ ކަލާ ހީލީމާ (2) ފޮޅިދެޔޭ ބާޣު ޚަރީފެއްގަ ކަލާ ފެނުނީމާ (2) ޗާލު ކަނދުރައިގަ މަ ފިރުމާލަންހޭ ރީތި ހީލުމެކެ ނުފޮރުވާލާށޭ އިސްތަށިން މޫނު ތިފޮރުވާލީހޭ ރީތި ހީލުމެކެ ނުފޮރުވާލާށޭ ހާދަ ހިތް ބޭނުމެ ނުބަލާނުހެ ތިޔަ ރީތި ލޮލުން (2) ބޭނުމޭ ފާޅުކުރަން ލޯބި ކިޔައިދޭ މި ދުލުން (2) ސިއްރު ސިއްރުން ތި ލޮލުން ނުބަލާށޭ ރީތި ހީލުމެކެ ނުފޮރުވާލާށޭ އިސްތަށިން މޫނު ތިފޮރުވާލީހޭ ރީތި ހީލުމެކެ ނުފޮރުވާލާށޭ

ލިރިކްސް އެއް ނޫނީ މަދަޙައެއް އެބައޮތްތޯ؟

ލޮގިން ވާކަށް ނުޖެހޭނެ

ތިޔަ ބޭފުޅުންގެ އެންމެ މަޤުބޫލު ލަވަ އަދި މަދަޙައިގެ ލިރިކްސް އަވަހަށް ފޮނުއްވާ!

ދަންނަވާލުމެއް!

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.