ކަނބުލޮޔަށް ލޯބި ދިނީ ހިބައިންތާ

ކަނބުލޮޔަށް ލޯބި ދިނީ ހިބައިންތާ
ކަނބުލޮޔަށް ހިތް ކިޔުނީ ލޯބިންތާ
ކަނބުލޮޔަށް ދުނިޔެއެކީ ދޭންވީތާ
ކަނބުލޮޔަށް ޖާނުދެނީ ލޯބިންތާ

އަރިޔަހަށް ދާހިތްވޭ ދޮންދޫންޏާ
ފަރި ޖަވާހިރު ފަދައިން ބަބުޅާލާ
އަރިޔަހަށް ދާހިތްވޭ ދޮންދޫންޏާ
ފަރި ޖަވާހިރު ފަދައިން ބަބުޅާލާ
ކަޅިޖަހާނުލެވި މިހެން ބެލެނީތާ
ފަރިވެލާފާ ތިޔަހެން ފެނުނީމާ
ކަޅިޖަހާނުލެވި މިހެން ބެލެނީތާ
ފަރިވެލާފާ ތިޔަހެން ފެނުނީމާ
ކަނބުލޮޔަށް ލޯބި ދިނީ ހިބައިންތާ
ކަނބުލޮޔަށް ހިތް ކިޔުނީ ލޯބިންތާ

މަސްތު ހިތްމިވަނީ ހަމަ ފެނިފަ ކަލާ
ގަސްތުގާ ފިރުމާނަންހޭ ލޯތްބާ
މަސްތު ހިތްމިވަނީ ހަމަ ފެނިފަ ކަލާ
ގަސްތުގާ ފިރުމާނަންހޭ ލޯތްބާ
އަސްލުގާ ހިތް މިބުނާ ރަންދޫންޏާ
ލަސްނުކޮށް އައިސް ފިރުމާލާދެއްވާ
އަސްލުގާ ހިތް މިބުނާ ރަންދޫންޏާ
ލަސްނުކޮށް އައިސް ފިރުމާލާދެއްވާ
ކަނބުލޮޔަށް ލޯބި ދިނީ ހިބައިންތާ
ކަނބުލޮޔަށް ހިތް ކިޔުނީ ލޯބިންތާ

ހަނދުއަރާ އިރުއެރިޔަސް އޮހޮރާހާ
ކަރުނައިން ލޯތެމިގެން ގިސްލާފާ
ހަނދުއަރާ އިރުއެރިޔަސް އޮހޮރާހާ
ކަރުނައިން ލޯތެމިގެން ގިސްލާފާ
ފަނޑުވެގެންދާ ދެލޮލުން ރޮއްވީތާ
ކަނޑުވަނީ ގައިމު މިހިތް އެދިގެންބާ
ފަނޑުވެގެންދާ ދެލޮލުން ރޮއްވީތާ
ކަނޑުވަނީ ގައިމު މިހިތް އެދިގެންބާ
ކަނބުލޮޔަށް ލޯބި ދިނީ ހިބައިންތާ
ކަނބުލޮޔަށް ހިތް ކިޔުނީ ލޯބިންތާ
ކަނބުލޮޔަށް ލޯބި ދިނީ
ކަނބުލޮޔަށް ހިތް ކިޔުނީ
ކަނބުލޮޔަށް ދުނިޔެއެކީ
ކަނބުލޮޔަށް ޖާނުދެނީ
ކަނބުލޮޔަށް ލޯބި ދިނީ
ކަނބުލޮޔަށް ހިތް ކިޔުނީ
ކަނބުލޮޔަށް ދުނިޔެއެކީ
ކަނބުލޮޔަށް ޖާނުދެނީ

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

info@dhivehilyrics.com

އިން

އެކު