ލަދުން ދުރަށްދާތީ ކަލާ
ބަލާލީމާ
ހޯދީމޭ ފެނޭތޯ ފަހުން އެރޭ
ސޫރަ ފެނިފަ ލޯ މެރެނީއޭ
ރީތިކަމުން ފަރި ބެލެނީއޭ
ރާޅު މިހިތުގާ ނަގަނީއޭ
ސާފު މިހިތް ކަތިލެވެނީއޭ
ރީތި ދެތުންފަތް ހީލީމާ
ތެޅިލާގޮތަކުން ބެލެނީއޭ
ލަދުން .....
ގާތުގަ ގައިމޭ ބުނެވޭނޭ
ހުރިހާ ސިއްރެއް ލޯބިވުމުން
ރޯއަޑު ހީވޭ މިހިތާމޭ
އިވިދާނޭ މާ ކައިރި ވުމުން
ވާނީ ގޮހޭ ތިފުރާގާ
ލޯބިވެފާ ހުންނާތި ބިރުންް
ލަދުން ....
ލޯބިން ފިރުމާ ދޭހިތްވޭ
ހިފުމުން އަތުގާ ހީލާފާ
ދޫކޮށްލަން ހިތް ނޭދޭނޭ
ތިއަތުން މި އުފާ ހޯދާފާ
ރޮޅި ހިތާ ކުޅެލާފާދޭ
ދެކުދިން ވާތީ ކައިރީގާ
ލަދުން ...