ލިބުނު ވޭނާ މި އުދާހާ

ރާގު: ދިލް އެ ވީރާން ހޭ ތެރީ ޔާދްހޭ

ލިބުނު ވޭނާ މި އުދާހާ އަދު ނެތިދާނޭހޭ
ނިމިދަނީ ފަރުދެކެ އޯގާވެ ހިތަށް ނާރާހޭ

އޭރު ވެވުނީތި އުފާތަކުގަ އޮތީ އަދު ރުއިންހޭ
ވެވި މާޔޫސް މިތާގާހުރެ ނެތިދާންވީހޭ
ނިމިދަނީ ފަރުދެކެ އޯގާވެ ހިތަށް ނާރާހޭ
ލިބުނު ވޭނާ މި އުދާހާ އަދު ނެތިދާނޭހޭ

ވީމެ ދުނިޔޭގަ ހިތާމައިގަ ރޮމުން ފޯވާ ޙާލު
ވީމެ ދުނިޔޭގަ ހިތާމައިގަ ރޮމުން ފޯވާ ޙާލު
ފުނޑު ފުނޑުވާމި ހިތާމޭގެ ޝިފާ ހޯދޭހޭ
ނިމިދަނީ ފަރުދެކެ އޯގާވެ ހިތަށް ނާރާހޭ
ލިބުނު ވޭނާ މި އުދާހާ އަދު ނެތިދާނޭހޭ

ހުރެވުނީތީއެ ނުއެނގި ހެއްލި ނުދާނޭ އޭނާ
މިއީ ތަޤުދީރު މިއީ އާދައެ ބުނުމުން ވީހޭ
ނިމިދަނީ ފަރުދެކެ އޯގާވެ ހިތަށް ނާރާހޭ
ލިބުނު ވޭނާ މި އުދާހާ އަދު ނެތިދާނޭހޭ

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

info@dhivehilyrics.com

އިން

އެކު