މާކުރިން ވަޢުދު ވީހޭ
ވަކިނުވާން ހިތް ދިނީހޭ
ލޯބިވާވަރު ބުނާށޭ
ސިއްރުން އަހާލީ ކަލާއޭ
ދޭހިތުން ބޮސްދިނީމޭ
ހާދަ ރީއްޗޭ ބުނީމޭ
ހިތުގެ އިޙުސާސް އެނގޭހޭ
ފިރުމާލަމުންވެސް އެހީމޭ
ފިރުމާލަމުންވެސް އެހީމޭ
މާކުރިން ވަޢުދު ވީހޭ
ވަކިނުވާން ހިތް ދިނީހޭ
ރޭދުވާ އެކުގަ ވީމޭ
ދޭ އުފާތައް ބެލީމޭ
ވިހަ ޢަޙުދުތައް ގުނީމޭ
ސިހުމެއް ހިތަށް ވެރިވަނީއޭ
ސިހުމެއް ހިތަށް ވެރިވަނީއޭ
މާކުރިން ވަޢުދު ވީހޭ
ވަކިނުވާން ހިތް ދިނީހޭ
މާޔޫސްވެ ހިތުގާ ޖެހިއްޖޭ
ފެންކަޅިވެ ލޯފުރި އޮހިއްޖޭ
ކަރުނައިގެ އަގުވެސް ނެތީހޭ
ތަދުވާ ހިތަށް ކެތްނުވީއޭ
ތަދުވާ ހިތަށް ކެތްނުވީއޭ
މާކުރިން ވަޢުދު ވީހޭ
ވަކިނުވާން ހިތް ދިނީހޭ
ލޯބިވާވަރު ބުނާށޭ
ސިއްރުން އަހާލީ ކަލާއޭ
މާކުރިން ވަޢުދު ވީހޭ