މަރިޔާދު އާ ވާ

މަރިޔާދު އާވާ ވަސްމީރު ލިބުމުން
ފަހަތަށް ޖެހެން ހެޔޮވާނެހޭ
ފަރިޔަށް ފޮޅޭ މާ މޫސުންގެ ނަލަކަން
ހިތަށާ މެއަށް ފޯރާނެތާ

ހިތުގާ ފެވޭތީ އެހިދާނެހޭ އަރިހުން ތިބާ
އިތުރަށް ސަމާސާޔަށް ތަންނުދީ ބުނެދީބަލާ
ހިތުލޯބި ބޭނުމޭ ހާދަހާ

ހެނދުނާ ހަވީރަށް ލޮބުވެތި ގޮތުން އެއްބައިވެލާ
ހަނދުވަރު މަތީގާ މުނިފޫހި ފިލުވައިދީބަލާ
ތަކުރާރު ކޮއްލާ ދިން އުފާ

ބޭނުން ވަނީ އަދު ހިތްގައިމު ކުރުވާ މާދަމާ
މޭރުން ވެދާހެން ލޯބީގެ ރަހަޔާ މާނަޔާ
ކުރިޔަށް މިއޮތް ދަތުރަށްޓަކާ

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

info@dhivehilyrics.com

އިން

އެކު