މަސްތު ވެވުނޭ ކަލާ ބަލާލިމާ
މަސްތު ވެވުނޭ ކަލާ ބަލާލިމާ
ބަސްބުނޭތޯ ހުރީީމެ ހީލީމާ
މަސްތުވެވުނޭ ކަލާ ބަލާލިމާ
ތޫނު ހަނދުވަރު ލަދުން ފިލާދާނޭ
ތޫނު ހަނދުވަރު ލަދުން ފިލާދާނޭ
މޫނު ޗާލޫ ތިބާގެ ފެނިލީމާ
މޫނު ޗާލޫ ތިބާގެ ފެނިލީމާ
ބަސްބުނޭތޯ ...
މަސްތު ވެވުނޭ ...
ބިންމަތީ ލެއްވި ހޫރަކީބާއޭ
ބިންމަތީ ލެއްވި ހޫރަކީބާއޭ
ވިންދު ވެސް ހުއްޓިދާނެ ހީލީމާ
ވިންދު ވެސް ހުއްޓިދާނެ ހީލީމާ
ބަސްބުނޭތޯ ...
މަސްތު ވެވުނޭ ...
ގިނި އަނދާ ހޫނުވީއެ އަލިފާންވެސް
ގިނި އަނދާ ހޫނުވީއެ އަލިފާންވެސް
ފިނިވެޔޭ އަތް ކަލާގެ ބީއްސީމާ
ފިނިވެޔޭ އަތް ކަލާގެ ބީއްސީމާ
ބަސްބުނޭތޯ ...
މަސްތު ވެވުނޭ ...