ދިވެހި ލިރިކްސް

© ދިވެހި ލިރިކްސް

ހ
ށ
ނ
ރ
ބ
ޅ
ކ
އ
ވ
މ
ފ
ދ
ތ
ލ
ގ
ޏ
ސ
ޑ
ޒ
ޓ
ޔ
ޕ
ޖ
ޗ
ޙ
ޚ
ޢ
ޣ
ޠ
ޘ
ޡ
ޤ
ޛ
ޞ
ޝ
ޟ
ޜ
ޥ

އެންމެ މަގުބޫލު

1

އިތުރު ރަސޫލާ

2

ދޮން ކަނބުލޮ ނިދާލާށޭ

3

ފިލާނެތޯ ލޯތަކުން މިފޫދޭ

4

ނަބީ އަމީނޭ

5

ޙަސްބީ ރައްބީ ޖައްލަﷲ - حَسْبِیْ رَبِّی جَلَّ اللّٰہ

އެންމެ ފަހުގެ

1

ރީތީގެ ރާނީ އުޖާލާ

2

ކުރަންވީއޭ ދުޢާ

3

އޭނަބިއްޔާއޭ ސޮލާތާ

4

ޤައުމަށްޓަކާ ދީނަށްޓަކާ

5

އުދަރެސް

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

އެކު

އިން

info@dhivehilyrics.com

މީ ފުރާނައިން ވެވޭ ވަޢުދެކޭ

ރާގު: -

ޅެން: ޅެންވެރިޔާ ނޭނގޭ

މީ ފުރާނައިން ވެވޭ ވަޢުދެކޭ
ލޯބިވާތީ ކިޔާދޭނަމޭ
ހިތްވަނީ ދޭހިތޭ މަރުވިޔަސް މީތެދޭ
އެކުގަ ނިމިގެން ދިއުން ބޭނުމޭ
މީފުރާނައިން .....

ސިއްރު ސިއްރުން ބުނަންހޭ ތެދޭ
ހާދަ ރީއްޗޭ ކަލާ ހީލުމުން
ކަޅިރަވައިގާ އެވާ ތޫނުކަން
ގައިމެ ކަތިލައިފިއޭ ޝާޢިރުން
ތިޔަ ދުލުން އާއެކޭ ލޯބިވޭ ބުނެލުމުން
ގައިމެ ހަނދުވެސް އަތަށްދޭނަމޭ
މީފުރާނައިން ......

މާދުރުން ފެނިލިޔަސް ހީވެޔޭ
މާމަލުގެ ރަނިކަމޭ އަސްލު ތީ
ނަސްލު ފެށިފައި ވަނީ މީ ތެދޭ
އަސްލު ރަނުގާ ވިދާލާ ގޮތޭ
ގަސްތުގާ ނޫނަކަސް އެއްފަހަރު ހީލިޔަސް
ބަސްބުނާހާ އަގެއް ދޭނަމޭ
މީ ފުރާނައިން ....

ރަސްކަމެއް ހަމަހިލާ ނޭދެމޭ
ފަސްފަހަތުގާ ހިނގާދާނަމޭ
ކަޝްފުކުރަމުން ތިހިތްދޭންބުނޭ
ގަސްގަހުން އުދުހިލާ ދާނަމޭ
ފަސްނުޖެހި ރަންކިޔާ އިސްނަގައިގެން ކަލާ
ލަޝްކަރެއްހާ މުތީ ދޭނަމޭ
މީ ފުރާނައިން ....