މީ ވީގޮތޭ
އަދު ބަދަލު ވެއްޖެޔޭ މުޅިން ޒަމާން
އެކުވެރި ރަޙްމަތްތެރި ގުޅުމަކުން
މުޅި އުއްމީދޭ މި އާލާ ވުމުން
މި އަލިން ހިނގޭނޭ މުޅި ޢާލަމުގާ މިހާރު
އެތަކެއް ހަނދާންތައް ކުރުވީ ތިޔަ އިންތިޒާރު
ދެއްވި ހަދިޔާ ގެއްލި ނުދިޔާ
ބޭނުން ކުރީމޭ އުފަލުން ނަށާލާ
ފަނޑުވުން ނުވާނޭ ލޮބުވެތި ތިޔަ މާތް ތަސްވީރު
ބަދަލެއް ނުވާނޭ ތީ ރޭވުންތެރި ތަދުބީރު
ޚިޔާލުކުރަމޭ ޢުމުރުގާ މަ އަޒުމެއް އޮތީމާ
ސީދާ ގޮތެއްގާ
ކުލަނޫ ފަޒާޔާ ދިއްލާލާ ނަލަ ހަވީރު
އަސްތާ ހިތާމޭ ދިރުވައިދޭ ފޮނި އަމީރު
ރަމްޒު ކުރެވޭ ތިޔަ ޚަޒާނާ ވިދަނީ މިލޭގާ
ދިރި ހުރި ގޮތެއްގާ
މީ ވީގޮތޭ
އަދު ބަދަލު ވެއްޖެޔޭ މުޅިން ޒަމާން
އެކުވެރި ރަޙްމަތްތެރި ގުޅުމަކުން
މުޅި އުއްމީދޭ މި އާލާ ވުމުން