ލިރިކްސް

ކިޔުންތެރިން

އަލްބަމް

ޅެންވެރިން

90601400059341000

ސައިޓަށް ފައިސާގެ އެހީ ދެއްވުމަށް!

މިތުރާގެ ލޯބި ރަން ހަނދާން ހިތަކުންފިލައިނުދާނޭ

މިތުރާގެ ލޯބި ރަން ހަނދާން ހިތަކުންފިލައިނުދާނޭ އިތުބާރުކޮށް އުޅުން ޒަމާން އަމުދުން ހިތުން ނުދާނޭ ޖެހިފައި އަލުން އަހަން އޮތީ އެހިރާގެކޭ މި ކަންފަތުން ކެހިދޭ އެ އިންތިޒާރަކަށް މިހިތެއް އަލެއް ނުވާނޭ މިތުރާގެ ލޯބި ރަން ހަނދާން މަންޒަރުތަކެއް ކަޅާ ހުދުން ދަންވަރު ހިތަށް އަރާވަރުން ހިތްމަރުވެފައި މަގޭ ވަނީ މިންވަރުފުޅަށް ވެދާނޭ މިތުރާގެ ލޯބި ރަން ހަނދާން ތަފުޞީލުކޮށްދެވެން ނެތަސް ނަފުސަށް އަމާންދެމުން ހަށިން ކަފުނުގެތެރޭ ނިދާލުމަށް މި ފުރާން ވަކިވެދާނޭ މިތުރާގެ ލޯބި ރަން ހަނދާން ހިތަކުންފިލައިނުދާނޭ އިތުބާރުކޮށް އުޅުން ޒަމާން އަމުދުން ހިތުން ނުދާނޭ

ކިޔުންތެރިން

ޢަލީ ރަމީޒު

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

info@dhivehilyrics.com

އިން

އެކު