ނިންދެވީތީ މޭމަތީ

ރާގު: ޒިންދަގީކީ ރާހޮމޭ

ނިންދެވީތީ މޭމަތީ މިތުރާ ގަޔާވެލީ ހޯ
ނިންދެވީތީ މޭމަތީ
ވީ ރޯށަނީ ހަނދޭ ބުނީ ރުހުމާ އެކީ ބެލޭ ހޯ
ނިންދެވީތީ މޭމަތީ

މީ ޙާދިސާ މީ އަރުގަ ހިނގާ ލޭގެ ކޯރެކޭ
މިތުރާ ބަދަލުވީ ވޭނުގެ ހާލާތު ކިޔާދެމޭ
ލޭކަރުނަ އައިކަމަކު ބޭވަފާ ހަނދުމަ އާވެޔޭ
ދީފާ ހިތާ ރުހުން އެ ހަނދާން ނެތިވެދާނެޔޭ
މިޙަޔާތުގާ ޒަހަރުދީ ދާންހޭ ގަޔާވަނީ
ނިންދެވީތީ މޭމަތީ މިތުރާ ގަޔާވެލީ ހޯ
ނިންދެވީތީ މޭމަތީ

ކުރަމޭ އެޚިޔާލު ވޭނުގާ އަސަރުން މި ފޯވެފާ
ހަނދުވަރުމަތީ ހުރީމެ ހިތާ ލޯބި ބީވެފާ
ބޭކާރުވީތި ނޭނގި ރޮވޭ ރަޙުމު ނޭނގިފާ
ޙާލަތު ވަނީ ބަދަލުވެފާ މިސްރާބު ނޭނގިފާ
ލާނޭވަޔޭ ކުރީގާ ތިއީ ހީވެފާ ވަނީ
ނިންދެވީތީ މޭމަތީ

ހިތްމަރު މިވީ ޖަނާޒަތޭ ކަރުނުން މި ބާއްވަނީ
މަންޒިލް އެދޭށެ ބޭނުމީ ބުނަމުންނެ ރޯލަނީ
ނެތި ރަޙުމު ގެއްލި ނިމިދާ ގިޔާމަތެކެ ހީވަނީ
ފަރިކަމުގެ އަސްލު މަސްތޭ ލޮލުގާ ތި ބަބުޅަނީ
ބަރުބާދުވީތި ލޯމަތީ މިފުރާނައޭ ދަނީ
ނިންދެވީތީ މޭމަތީ މިތުރާ ގަޔާވެލީ ހޯ
ނިންދެވީތީ މޭމަތީ

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

info@dhivehilyrics.com

އިން

އެކު