ނުދާށެ ދޫކޮއްފާ ލޯބިވާ
ނުދާށެ ރޮއްވާފާ އެކަނިވޭ
ތިޔަ ހެން ދެ ގޮތް ވާން، މަ ނޭދެމޭ
ނުދާށެ ދޫކޮއްފަ ލޯބިވާ
ކުރިން ވެސް ދިޔުމުން، ހާދަ ރުއީން
ތިޔޭ ލިބޭ ހުރުހާ ވެސް އުފަލަކީ
އޭ މަގޭ އާށިގާ ނުދޭ
ނުދޭ މަ ދޫކޮށް ނުދޭ
ނުދޭ މަ ދޫކޮށް ނުދޭ
ތިދާ ގޮތަށް ގޮސް ދެން ގެއްލުމުން
މި އޮހޭ ކަރުނަ ހުއްޓޭނެހޭ
އިރާ ހަނދާ ވެސް ހެކިވާނެ އޭ
ކުރާ މި އާދޭސް އަހާނުހޭ
ހިފާ މި އަތުގާ، ހުވާ ކުރޭ
ދުލުން ބުނޭ ވަކި ނުވާނަމޭ
އޭ މަގޭ އާށިގާ ނުދޭ
ނުދޭ މަ ދޫކޮށް ނުދޭ
ތިދާ ގޮތަށް ގޮސް ދެން ގެއްލުމުން
މި އޮހޭ ކަރުނަ ހުއްޓޭނެހޭ
އިރާ ހަނދާ ވެސް ހެކިވާނެ އޭ
ކުރާ މި އާދޭސް އަހާނުހޭ
ހިފާ މި އަތުގާ، ހުވާ ކުރޭ
ދުލުން ބުނޭ ވަކި ނުވާނަމޭ
ތި އޭ މަގޭ ހުރިހާ ވެސް ދިރުމަކީ
ނުދޭ މަ ދޫކޮށް ނުދޭ
ނުދޭ މަ ދޫކޮށް ނުދޭ